logo
Bank of Maldives

Bank of Maldives

ޚަބަރު

މިސްކިތްތަކުގެ ނަމާދު ކުރާ އަޑު ތާޅަފިލިން ކަނޑާލަން އެންގި ވާހަކައަކީ ދޮގެން: ވަޒީރު ޝަހީމް

އައިޝަތު ނަޝާ
24 މޭ 2026 - 14:58
މިސްކިތްތަކުގެ ނަމާދު ކުރާ އަޑު ތާޅަފިލިން ކަނޑާލަން އެންގި ވާހަކައަކީ ދޮގެން: ވަޒީރު ޝަހީމް

މާލޭގެ މިސްކިތްތަކުގައި ނަމާދު ކުރާ އަޑު ތާޅަފިލިން ކަނޑާލަން އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭޭ ވުޒާރާއިން އެންގި ކަމަށް ބުނާ ވާހަކަ އަކީ ދޮގު ވާހަކައެއް ކަަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭޭ ވަޒިީރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަހީމް ވިދާޅުވީ މިސްކިތްތަކުގައި ނަމާދުކުރާ އަޑު ތާޅަފިލިން ކަނޑާލަން އެންގި ކަމަށް ބުނެ ފަތުރަމުން އަންނަނީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދީނީ އިލްމުވެރިއެއް ކަމަށްވާ ޝެއިހް އާދަމް ނިޝާން އިއްޔެ ހިއްސާ ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ މާލެ ސަރަހައްދުގެ މިސްކިތްތަކުގެ އިމާމުން، ވުޒާރާއަށް ގެންގޮސްފައިވާ ކަމަށާއި އަދި މިސްކިތުގައި ނަމާދުކުރާ އަޑު ތާޅަފިލިން ކެނޑުމަށް އެންގި ކަމަށް ވެސްވަޒީރު ވިދާޅުވިއެވެ.

މަތިވެރި މާތްﷲ ގެ ގެކޮޅުތައް ކަމަށްވާ މިސްކިތްތަކުގެ އަޑު ކަނޑުވާލުމަކީ ވަރަށް ހިތާމަވެރިކަން ހުރި ކަމެއް ކަމަށް ވެސް ޝެއިހް ނިޝާން ވިދާޅުވެފައިވެއެވެ. ފުރުގާން މިސްކިތުގައި ރޭގައި މަޣްރިބް އަދި އިޝާ ނަމާދުގައި ވެސް ނަމާދުކުރާ އަޑު މިސްކިތްތަކުގެ ބޭރަށް ނީވޭ ކަމަށް ވިދާޅުވިއެވެ.

"މިއަދު އެތައް ބޭފުޅެއް ވެސް ވަނީ ޝަކުވާކޮށްފައި. އެ ފަރާތްތައް އެބަތިބޭ ނަމާދުގެ އަޑު އަހާލުމަށް ދޮރުތައް ހުޅުވާލައިގެން. މުސްލިމް މުޖްތަމައެއްގައި މިއީ މިކަން ވާންވި ގޮތެއް ނޫން. މިއީ ހިތާމަވެރިކަމެއް." ޝެއިހް ނިޝާން ވިދާޅުވިއެވެ.

އިސްލާމް ދީން ނަގަހައްޓައި ދެމެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވޭތުވެދިޔަ އަހަރު، 74 މިސްކިތާއި ހަތް އިސްލާމީ މަރުކަޒާއި، ތިން ގުރްއާން މަރުކަޒާއި، ހަ ވަގުފު ބިނާއާއެކު، މުޅިއަކު 90 މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިޔައެވެ. މީގެތެރެއިން، ހއ. ދިއްދޫ އިސްލާމިކް ސެންޓަރާއި، 10 ރަށެއްގެ މިސްކިތް ނިންމައި ހުޅުވިއިރު، މިދިޔަ ރަމަޟާން މަހު އަށް މިސްކިތެއް ހުޅުވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިސްކިތްތަކުގެ ނަމާދު ކުރާ އަޑު ތާޅަފިލިން ކަނޑާލަން އެންގި ވާހަކައަކީ ދޮގެން: ވަޒީރު ޝަހީމްޚަބަރު | 5 ގަޑިއިރު ކުރިންނޫސްވެރިކަމުގެ މިނިވަންކަމަކީ ދީނާއި ޤާނޫނުގެ އިމުން ބޭރުން ބުލީކުރުމުގެ ނިޒާމަކަށް ނުހެދުމަށް ވަޒީރު ޝަހީމް ގޮވާލައިފިޚަބަރު | މަހެއް ކުރިންރާއްޖޭގެ އިސްލާމީ ޙަޟާރަތުގައި އައުޤާފަކީ މުހިންމު ދައުރެއް އަދާކުރާ ނިޒާމަކަށް ހަދާނަން: މިނިސްޓަރު ޝަހީމްޚަބަރު | މަހެއް ކުރިންދިވެހި ހައްޖުވެރިންނަށް ސަޢޫދީއަށް ދިއުމަށް އެއްވެސް ދަތިކަމެއްނެތް: ވަޒީރު ޝަޙީމްޚަބަރު | މަހެއް ކުރިން