ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންފި
އައިޝަތު ނަޝާ
24 މޭ 2026 - 18:41

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ، ރައީސް މުއިއްޒު ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިރޭގެ ވަގުތެއްގައި ކަމަށެވެ.

Ad by Hajj Corporation
ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ވަޑައިގެންނެވިކަން ރައީސް އޮފީހުން ކަށަވަރުކޮށްދިން ނަމަވެސް، އެ ދަތުރުފުޅުގެ ތަފްސީލް ދީފައެއް ނުވެއެވެ. އަދި އަނބުރާ ރާއްޖެ ވަޑައިގަންނަވާނެ ތާރީހެއް ވެސް ރައީސް އޮފީހުން ބުނެފައެއް ނުވެއެވެ.


