logo
Bank of Maldives

Bank of Maldives

ޚަބަރު

އެކަތި ބޮޑުބެރު ގްރޫޕްގެ މިއަހަރުގެ އީދު ލަވަ އަށް ވެސް ތަރުހީބު އޮހެނީ

އައިޝަތު ނަޝާ
27 މޭ 2026 - 09:45
އެކަތި ބޮޑުބެރު ގްރޫޕްގެ މިއަހަރުގެ އީދު ލަވަ އަށް ވެސް ތަރުހީބު އޮހެނީ

މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުގެ އަޟްހާ އީދަށް ހާއްސަކޮށްގެން އެކަތި ބޮޑުބެރު ގުރޫޕުން ވަރަށް ތަފާތު ފޯރިގަދަ ލަވައެއް ނެރެފިއެވެ.

"ހިނިތުންވެ" ނަމަކަށް ކިޔާ މި ލަވައިގެ މަންޒަރުތައް ނަގާފައިވަނީ ކ. ގުރައިދޫގައެވެ. ގުރައިދޫގެ ހިތްގައިމު މަންޒަރުތައް ފެންނަ މި ރީތި އީދު ލަވާގައި އެ ރަށުގެ ވަރަށް ގިނަ ކުދިބޮޑު ފަރާތްތަށް ފެނިގެންދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

WhatsApp Image 2026-05-27 at 2.58.36 PM.jpeg

 

 

 

އެކަތި ބޮޑުބެރު ގުރޫޕަކީ މިފަހަކަށް އައިސް ވަރަށް ތަފާތު ލަވަތަކެއް ބެލުންތެރިންނާ ހަަމައަށް ގެނެސްދީފައިވާ ވަރަށް ކުޅަދާނަ ޒުވާނުންތަކެއް ހިމެނޭ ބޮޑުބެރު ގުރޫޕެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެކަތި ބޮޑުބެރު ގުރޫޕުގެ "މަރިޔަމް މަލާ" ލަވައަކީ ދިވެހީންގެ ތެރޭގައި މަޤްބޫލުވެގެން ދިޔަ ލަވައެކެވެ.އަމިއްލަ ރާގަކަށް ހަދާފައިވާ މި ލަވާގެ ލިރިކްސް އަދި ކޮރެއޯގްރަފީވެސް ވަރަށް ތަފާތުކަން ފާހަގަކޮށްލެވެއެވެ. މި ލަވައަށް ޔޫޓިއުބް އިން މިހާތަނަށް 1 މިލިއަންއަށް ވުރެ ގިނައިން ވިއުސް ލިބިފައިވެއެވެ.

މި ލަވާގެ އިތުރުން އެ ބޮޑުބެރު ގްރޫޕުން މިދިޔަ އަހަރު ނެރުނު "އީދު ގޮމަ" ލަވައަކީ ވެސް ދިވެހީންގެ ތެރޭގައި މަޤްބޫލުވެގެން ދިޔަ ލަވައެކެވެ.ކިހާދޫގައި ކުޅެފައިވާ މި ލަވާގައި، ދިވެހި ފިލްމް އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރެސް އައްޒަ ގެ ފަރި ނެށުންތަކެއް ދައްކުވައިދެއެވެ. މި ލަވައަށް ވެސް ޔޫޓިއުބް އިން 1 މިލިއަން އަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެކަތި ބޮޑުބެރު ގްރޫޕްގެ މިއަހަރުގެ އީދު ލަވަ އަށް ވެސް ތަރުހީބު އޮހެނީޚަބަރު | 2 ގަޑިއިރު ކުރިން މި މަހުގެ 24 އަދި 25 ވަނަ ދުވަހު ސަރުކާރު ބަންދުޚަބަރު | 14 ދުވަސް ކުރިންއީދު ފާހަގަ ކުރުމަށް މާލެ ސަރަހައްދުގައި ފޯރި ގަދަ ހަރަކާތަކެއް ކުރިއަށް ގެންގޮސްފިޚަބަރު | އަހަރެއް ކުރިންއިސްރާޢީލްގެ ޓަވަރަކަށް ޑްރޯން ޙަމަލާއެއް ދިނުމަށް މާފަރު ރައްޔިތުން ރާވަނީ ޚަބަރު | އަހަރެއް ކުރިން