ގޯލްޑަން ފުޓްސަލް ޗެލެންޖު: ގއ އަތޮޅުގެ ގުރޫޕްތަކުގެ މެޗުތަކުގެ އުސްއަލިތައް
އިއްޔެ ދެއްވަދޫއާއި ވިލިގިލި ބައްދަލުކުރި މެޗުތެރެއިން ދެއްވަދޫގެ ކެޕްޓަން އަޙްނަފް ރަޝީދު. ފޮޓޯ: އިމޭޖެސް.އެމް.ވީ
09 ޖެނުއަރީ 2025 - 06:23
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އިއްޔެ ޖުމްލަ 4 މެޗުކުޅެވިފައިވެއެވެ. މިމުބާރާތުގައި އިއްޔެ ކުޅެވުފައިވަނީ ގއ އަތޮޅުގެ ގްރޫޕްތަކުގެ މެޗުތަކެވެ.
އެގޮތުން ގްރޫޕް 1 ގެ ފުރަތަމަ މެޗެއްގެ ގޮތުގައި ކުޅެވުނީ ނިލަންދޫ އާއި ދާންދޫއެވެ. މިމެޗު 2-1 އިން ކާމިޔާބުކުރީ ގއ ދާންދޫއެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ދާންދޫގެ ޖޯޒީ ނަންބަރު 7 މުޙައްމަދު އަޒާން މަޢައްދުއެވެ. މިމެޗުގެ ދާންދޫގެ 2 ގޯލުޖެހީވެސް އޭނާއެވެ. މިގްރޫޕްގެ ދެވަނަ މެޗުގައި ރޭގައި ބައްދަލުކުރީ ވިލިގިއްޔާއި ދެއްވަދޫއެވެ. މިމެޗު ފަސޭހަކާމާއެކު 6-1 އިން ކާމިޔާބުކުރީ ދެއްވަދޫއެވެ. މިމެޗުގައި ދެއްވަދޫގެ އަހްނަފް ރަޝީދު ވަނީ ހެޓްރިކް ހަދައި މެޗުގެ މޮޅުކުޅުންތެރިޔާކަން ހޯދާފައެވެ.
ކަނޑުހުޅުދޫ އާއި ގެމަނަފުށި ބައްދަލުކުރި މެޗުގެތެރެއިން. ފޮޓޯ: އިމޭޖެސް.އެމް.ވީ
ގްރޫޕް 2 ގައި ރޭގައި ފުރަތަމަ ބައްދަލުކުރީ ކަނޑުހުޅުދޫއާއު ގެމަނަފުއްޓެވެ. މިމެޗު 2-1 އިން ކާމިޔާބުކުރީ ގެމަނަފުއްޓެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކީ ގެމަނަފުށީގެ އަހުމަދު ޝާމްއެވެ. މިގްރޫޕްގެ ފަހުމެޗުގައި ރޭގައި ބައްދަލުކުރީ މާމެންދޫއާއި ކޮލަމާފުއްޓެވެ. މިމެޗު 2-1 އިން މާމެންދޫ ވަނީ މޮޅުވެފައެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކީ މާމެންދޫގެ ރައުހާން ރިފްއަތުއެވެ،
ގޯލްޑަން ފުޓްސަލްގައި މިރޭގައި ޖުމްލަ 8 މެޗުކުޅެވޭނެއެވެ. މިރޭގައި ކުޅެވިގެންދާނީ މިމުބާރާތުގެ ހއ އަދި ހދ ގެ ގްރޫޕްތަކުގެ މެޗުތަކެވެ.