logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގޯލްޑަން ފުޓްސަލް މުބާރާތް: މެޗްޑޭ 5 އެއް، ހއ އަދި ހދ އަތޮޅުގެ މެޗުތަކުގެ އުސްއަލިތައް

އަބްދުﷲ ޣާނިމް
10 ޖެނުއަރީ 2025 - 06:39
ވަށަފަރާއި ދިއްދޫ މެޗުގައި ވަށަފަރުފެ އިބްރާހިމް އަތީޤް ހެޓްރިކް ހެދުމަށްފަހު ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ. ފޮޓޯ: އިމޭޖެސް.އެމް.ވީ
ވަށަފަރާއި ދިއްދޫ މެޗުގައި ވަށަފަރުފެ އިބްރާހިމް އަތީޤް ހެޓްރިކް ހެދުމަށްފަހު ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ. ފޮޓޯ: އިމޭޖެސް.އެމް.ވީ

ގޯލްޑަން ފުޓްސަލް މުބާރާތުގައި އިއްޔެ ވަނީ ދެ އަތޮޅެއްގެ 4 ގްރޫޕެއްގެ މެޗުތައް ކުޅެފައެވެ. އެގޮތުން ހއ އަތޮޅުގެ ޖުމްލަ 6 މެޗުކުޅެފައިވާއިރު، ހދ ގެ 2 މެޗެއް ކުޅެވިފައިވެއެވެ.  

ހއ ގެ ގްރޫޕް 1 އެއްގެ މެޗުތަކަށް ބަލާއިރު ފިނޭއާއި ނޮޅިވަރަމްފަރު ބައްދަލުކުރިމެޗު ވަނީ އެއްވަރުވެފައެވެ. މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ފިނޭގެ އަލީ ސާހިލްއެވެ. ގްރޫޕް 1 ގެ ދެވަނަ މެޗުގައި ހޯރަފުއްޓާއި ފިއްލަދޫ ބައްދަލުކުރިމެޗުވެސް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކީ ފިއްލަދޫގެ މުޙައްމަދު ހުޝާމްއެވެ. މިގްރޫޕްގެ ރޭގެ ފަހުމެޗުގައި މުރައިދޫ ވަނީ އިހަވަންދޫއަތުން 5-3 އިން މޮޅުވެފައެވެ. މިމެޗުގައި މުރައިދޫގެ އަބްދުﷲ ހިޝާން ވަނީ 2 ގޯލުޖަހައި މޮޅުކުޅުންތެރިޔާކަން ހޯދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

ހއ ގެ ގްރޫޕް 2 ގެ މެޗުތަކަށް ބަލާއިރު މަކުނުދޫއާއި ހަނިމާދޫ ބައްދަލުކުރި މެޗު ވަނީ 2-2 އިން އެއްވަރުވެފައެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކީ މަކުނުދީގެ ޒައިދާން އަހުމަދެވެ. މިގްރޫޕުގެ ދެވަނަ މެޗުގައި މާރަންދޫވަނީ ބާރަށްއަތުން 2-0 އިން މޮޅުވެފައެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކީ މާރަންދޫގެ ހުމައިދު ހަސަންއެވެ. މިގުރޫޕުގެ ފަހުމެޗުގައި ވަށަފަރުވަނީ ދިއްދޫއަތުން 3-2 އިން މޮޅުވެފައެވެ. މިމެޗުގައި ވަށަފަރުގެ އިބްރާހިމް އަތީޤް ހަސަން ވަނީ ހެޓްރިކްހަދައި މޮޅުކުޅުންތެރިޔާކަން ހޯދާފައެވެ.

 

ހދ އަތޮޅުގެ ގްރޫޕް 1 ގައި ނޮޅިވަރަން ނެއްލައިދޫއަތުން 2-0 އިން މޮޅުވެފައިވާއިރު މެޗުގެ މޮޅުކުޅުންތެރިޔަކީ ނޮޅިވަރަމުގެ އަމްދާން އަލީއެވެ. ރޭގެ ފަހު މެޗުގައި މިއަތޮޅުގެ ގްރޫޕް 2 ގައި ވައިކަރަދޫ އާއި ކުރެންދޫ ބައްދުކުރިމެޗު ވަނީ 1-1 އިން އެއްވަރުވެފައެވެ. މިމެޗުގެ މޮޅުކުޅުންޔެރިޔަކީ ވައިކަރަދޫގެ އިބްރާހިމް ވަހީދެވެ.

މިމުބާރާތުގެ މިއަދި ޖުމްލަ 12 މެޗެއް ކުޅެވޭނެއެވެ. އެގޮތުން ހަވީރުގައި ރ އާއި އދ ގެ މެޗުތައް ކުޅޭއިރު މިރޭގައި ތ އަދި ށ އަތޮޅުގެ މެޗުތައް ކުޅެވޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗު، ނައިބު ރައީސް ޝަރަފްވެރިކޮށްދެއްވައިފިޚަބަރު | 2 މަސް ކުރިންއެންމެފަހުގެ ޗެންޕިއަން ކާށިދޫ ބަލިކޮށް ޗެރިޓީ ޝީލްޑް އޭދަފުއްޓަށްކުޅިވަރު | 4 މަސް ކުރިންގޯލްޑަން ފުޓްސަލް މުބާރާތް 2026 ގައި ރެޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލައިފިކުޅިވަރު | 9 މަސް ކުރިންރާއްޖޭގެ އާ ފުޓްސަލް ޗެމްޕިއަން ކާށިދޫ އަށް ރަށުން ހޫނު މަރުހަބާ އެއްކުޅިވަރު | އަހަރެއް ކުރިން