މިއަހަރުގެ ފުރަތަމަ 11 ދުވަހު ވައްކަމުގެ 25 މައްސަލައެއް ހުށަހަޅައިފި


11 ޖެނުއަރީ 2025 - 15:23
މި އަހަރުގެ ފުރަތަމަ 11 ދުވަހު ވައްކަމުގެ 25 މައްސަލައެއް ހުށަހަޅާފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން އާއްމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު، ދެވަނަ އަށް އެންމެ ގިނައިން ރިޕޯޓުކުރެވިފައިވަނީ ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތަކެވެ. އެގޮތުން އަހަރު ފެށިގެން ފުރަތަމަ 11 ދުވަހުގެ ތެރޭގައި އެކްސިޑެންޓުގެ 20 މައްސަލައެއް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާއިރު މަސްތުވާތަކެއްޗާއި ގުޅުންހުރި 10 މައްސަލައެއްވެސް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އަދި ފޭރުމުގެ 3 މައްސަލައެއް ހުށައެޅިފައިވާއިރު މާރާމާރީގެ 3 މައްސަލައަކާއި ޖިންސީ ކުށްތަކާއި ގުޅުންހުރި 1 މައްސަލަ ހުށައެޅިފައިވާކަންވެސް ހިއްސާކޮށްފައިވެއެވެ.
ރާއްޖޭގެ ރަށްތަކަކީ ހާއްސަކޮށް މާލެ އަކީ އަމާންތަނެއްގެ ގޮތުގައި ހެދުމަށް ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އިތުރު ލިޔުންތައް

ބުޅާ މެރި ކަމަށް ތުހުމަތު ކުރެވޭ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
އަހަރެއް ކުރިން.jpg&w=3840&q=75)
ރިއޮލަޮ އޮފީހުން ވައްކަންކުރި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި
އަހަރެއް ކުރިން
މާލީ ބަގާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލަ ތަހުގީގުކުރަނީ
އަހަރެއް ކުރިން