ޔަމާލްގެ މޮޅު ކުޅުމާއެކު އަލާވެސް ބަލިކޮށް އެތްލެޓިކޯއާއި ދެމެދު ބާސާއިން ފަރަގު ކުޑަކޮށްފި
3 ފެބްރުއަރީ 2025 - 06:53

ސްޕެނިޝް ލަލީގާ ގައި ބާސެލޯނާ ޑެޕޯރޓީވޯ އަލާވެސް ބަލިކުރުމަށްފަހު ތާވަލުގެ ދެވަނައިގައިވާ އެތްލެޓިކޯއާދެމެދުގައިވާ ފަރަގު ކުޑަކޮށްފިއެވެ. ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުލެވުނު މިމެޗުން މޮޅުވީ ހަނިގޮތަކަށް 1-0 އިންނެވެ.
ބާސެލޯނާގެ އެސްޓޭޑިއޯ މޮންޖުއިކްގައި ކުޅުނު މިމެޗުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 60 ވަނަ މިނެޓުގައި ލެވަންޑޮވްސްކީއެވެ. މިއީ މިސީޒަނުގައި ލީގުގައި ލެވްނޑޮވްސްކީ ޖެހި 18 ވަނަ ގޯލެވެ. ލެވަންޑޮވްސްކީ މިވަގުތުއޮތީ ލަލީގާގެ ގޯލު ޗާޓުގެ އެއްވަނައިގައެވެ.

Ad by Hajj Corporation
ރޭގެ މެޗުގައި ބާސެލޯނާގެ ގޯލްޑަން ބޯއީ ޔަމީން ޔަމާލްގެ ފަރާތުން އާދަޔާޚިޔާފު މޮޅުކުޅުމެއް ފެނިގެންގޮސްފައިވެއެވެ. މެޗުގެ މޮޅުކުޚުންތެރިޔަކަށް ހޮވުނީވެސް ޔަމާލްއެވެ.
ރޭގެ މޮޅާއެކު ބާސެލޯނާ މިވަގޮތު އޮތީ 22 މެޗުން ލިބުނު 45 ޕޮއިންޓާއެކު ތާވަލުގެ 3 ވަނައިގައެވެ. އެތްލެޓިކޯއަށް 48 ޕޮއިންޓް ލިބިފައިވާއިރު، މިހަފްތާ ބަންދުގައި ރެލިގޭޝަން ޓީމެއް އަތުން ބަލިވި ރެއާލް މެދްރިޑް މިވަގުތު އޮތީ 49 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ.


