ޒޯނުގެ ސެމީއަށް ހިތަދޫ އާއި ފޭދޫ ދަތުރުކޮށްފި

ހިތަދޫ އާއި ގައްދޫ ވާދަކުރި މެޗޔގެ ތެރެއިން. ފޮޓޯ: އިމޭޖެސް.އެމް.ވީ

04 ފެބްރުއަރީ 2025 - 06:04
ގޯލްޑަން ފުޓްސަލް މުބާރާތުގެ ޒޯން 7 ގެ ސެމީފައިނަލުގެ ޖާގައެއް އައްޑޫސިޓީގެ ދެޓީމުކަމަށްވާ ހިތަދޫ އާއި ފޭދޫއިން ހޯދައިފިއެވެ. މި ޒޯނުގެ 2 ގްރޫޕެއް ހިމެނޭއިރު، ހިތަދޫ އާއި ފޭދޫ ހިމެނޭ ގްރޫޕްގައި ދެންހިމެނެނީ ގައްދޫއާއެކު ޖުމްލް 3 ޓީމެވެ.
މިމުބާރާތުގައި ޒޯނުބުރުގައި ގައްދޫކުޅުނު 2 މެޗުންވެސް ވަނީ ބަލިވެފައެވެ. އެގޮތުން ގައްދޫގެ ފުރަތަމަ މެޗުގައި 3-1 އިން ފޭދޫ އަތުން ބަލިވެފައިވާއިރު، ރޭގައި ގައްދޫ ވަނީ ހިތަދޫ އަތުން 2-1 އިން ބަލިވެފައެވެ. ރޭގެ މެޗުގައި ހިތަދޫގެ ގޯލުތައް ޖަހައިދިނީ ސާޝް ސަރީފާއި އީމާން ނަޒީރުއެވެ. ގައްދޫގެ ހަމައެކަނި ގޯލުޖެހީ އަހުމަދު އަކްމަލް ނިޒާމްއެވެ.
މިއާއެކު މިގްރޫޕްގައި ފޭދޫ އާއި ހިތަދޫއަށް 3 ޕޮއިންޓުލިބިފައިވާއިރު، ފޭދޫއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. މި ގްރޫޕްގެ އެއްވަނައަށް ދާނެޓީމެއް ޔަޤީންވާނީ މާދަމާ ރޭގައި މިގްރޫޕްގެ ފަހުމެޗުގައި މިދެޓީމު ބައްދަލުކުރާމެޗުންނެވެ.
މުބާރާތުގައި މިއަދު ކުޅެން ހަމަޖެހިފައިވާ މެޗުތައް: (4 ފެބުރުވަރީ 2025)
20:00: ހއ. ދިއްދޫ – ހދ. ނޭކުރެންދޫ (ޒޯން 1)
20:00: ހއ. ވަށަފަރު – ހދ. ނައިވާދޫ (ޒޯން 1)
------------------------------------------
21:00 ޅ. ކުރެންދޫ – ބ. އޭދަފުށި (ޒޯން 3)
21:00 ކ. މާފުށި – ކ. ކާށިދޫ (ޒޯން 3)
------------------------------------------
22:00 ހުލުމާލެ – ވިލިމާލެ (ޒޯން 8)
22:00 މައްޗަންގޮޅި – މާފަންނު (ޒޯން 8)
------------------------------------------
އިތުރު ލިޔުންތައް

ރާއްޖޭގައި ބާއްވާ އެންމެބޮޑު ފުޓްސަލް މުބާރާތް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގުރުލައިފި
2 މަސް ކުރިން
ބަތްޕެންތަ؟ ގޮޅަ ރިހަ ތަ؟ ގޯލްޑަން ޗެރިޓީ ގަދަހިފުން މިރޭ
މަހެއް ކުރިން
ގޮޅަރިހައިގެ ވަރުދައްކާލައި ޝީލްޑް ހަދިޔާ ފަލަސްޠީނަށް
މަހެއް ކުރިން