logo
E-Platinum
ޚަބަރު

އިތުރު 4 ރަށެއްގައި ޑަޔަލިސިސްގެ ހިދުމަތް ރަސްމީކޮށް ފަށައިފި

އާމިނަތު ޝަފާ
29 މޭ 2025 - 16:25
އިތުރު 4 ރަށެއްގައި ޑަޔަލިސިސްގެ ހިދުމަތް ރަސްމީކޮށް ފަށައިފި

އިތުރު 4 ރަށެއްގައި ޑަޔަލިސިސްގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މި ހަތަރު ރަށުގައި ޑަޔަލިސިސްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސްވަނީ ނ. ވެލިދޫ ސިއްހީ މަރުކަޒު، މ. މުލީ ރީޖަނަލް ހޮސްޕިޓަލް، ތ އަތޮޅު ހޮސްޕިޓަލުގެ އިތުރުން ގއ އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެެ.

މި ރަށްތަކުގެ އިތުރުން މިއަހަރުގެ ފެބްރުއަރީމަހު ހއ. އިހަވަންދޫ އާމިނާދިޔޯ ސިއްހީ މަރުކަޒު އަދި 2024 ވަނަ އަހަރު ށ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ހިދުމަތް ފަށައި މީގެ އިތުރުން ނ. އަތޮޅު ހޮސްޕިަޓަލްއަށް ވަނީ އެނދު އިތުރުކުރެވިފައެވެ.

މުޅި ރާއްޖެއިން ޑަޔަލިސިސް ގެ ހިދުމަތް މިހާރު ނުފެށި އޮތީ 5 އަތޮޅެއްގައެވެ. އެއީ އއ. އަތޮޅާއި، އދ. އަތޮޅާއި، ވ. އަތޮޅާއި، ފ. އަތޮޅުގެ އިތުރުން ދ. އަތޮޅެވެ. މިއަހަރު ނިމުމުގެ ކުރިން މި އަތޮޅުތަކުގައި ޑަޔަލިސިސްގެ ހިދުމަތް ފެށޭނެކަމަށް ސަރުކާރުނވަނީ އަމާޒު ހިފާފައެވެ.

ކޮންމެ އަތޮޅެއްގައި ޑަޔަލިސިސް ސެންޓަރެއް ގާއިމުކޮށްދެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ގޮތުން މާލެއާއި އެއް ފެންވަރުގެ ޑަޔަލިސިސް ސެންޓަރުގެ ހިދުމަތް ކޮންމެ އަތޮޅެއްގެ މައި ހޮސްޕިޓަލުން ލިބޭނެ ގޮތް ހަމަޖައްސާނެކަމަށް އެމަނިކުފާނު އޭރު ވިދާޅުވިއެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފިޚަބަރު | 21 ގަޑިއިރު ކުރިންރައީސް، އިނގިރޭސިވިލާތުން އެނބުރި ރާއްޖެ ވަޑައިގެންފިޚަބަރު | 21 ގަޑިއިރު ކުރިން''އާ ޓާމިނަލް ފިނިހަކަ ދުވެލިން ރޮކެޓް ދުވެއްޔަށް ބަދަލުކޮށް ނިންމައި އިގްތިސޯދީ އައު ބާބަކަށް''ރިޕޯޓް | 2 ދުވަސް ކުރިންރައީސް އިނގިރޭސިވިލާތުގައި: ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށްޚަބަރު | 2 ދުވަސް ކުރިން