logo
Bank of Maldives

Bank of Maldives

ދުނިޔެ

ޣައްޒާގައި ހުރި ހަމައެކަނި ޑަޔަލަސިސް ސެންޓަރު ބިމާ ހަމަކޮށްލައިފި

އާމިނަތު ޝަފާ
2 ޖޫން 2025 - 06:52
ޣައްޒާގައި ހުރި ހަމައެކަނި ޑަޔަލަސިސް ސެންޓަރު ބިމާ ހަމަކޮށްލައިފި

އިސްރާއީލުން ޣައްޒާގެ ހަމައެކަނި ޑައިލިސިސް ސެންޓަރު ބިމާ ހަމަކޮށްލައިފިއެވެ.

އިސްރާއީލުގެ ހަމަލާތަކުން ޣައްޒާގެ އުތުރުގައި ހުރި ހަމައެކަނި ޑައިލިސިސް ހޮސްޕިޓަލް ކަމުގައިވާ ނޫރާ އަލް-ކައާބީ ޑައިލިސިސް ހޮސްޕިޓަލް ވަނީ އެކީއެކަށް ހަލާކުވެފައެވެ. މި ހޮސްޕިޓަލަށް އިސްރާއީލުން ތަކުރާރުކޮށް ހަމަލާދީފައިވާއިރު މި ހޮސްޕިޓަލަކީ ދާދި ފަހުން މަރާމާތުކޮށް ހިދުމަތް ދޭން ފަށާފައިވާ ތަނެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހޮސްޕިޓަލުން 160 އަށްވުރެ ގިނަ ބަލިމީހުންނަށް އައީ ޑައިލިސިސްގެ ހިދުމަތް ދެމުންނެވެ.

މި ހަމަލާއާއެކު އެ 160 މީހުން މަރުގެ ތުންފަތް މައްޗަށް ވައްޓާލައި ޣައްޒާގެ ސިއްހީ ދާއިރާގެ ވަސީލަތްތަކަށް އިސްރާއީލުން ގަސްދުގައި ދެމުންދާ ހަމަލާތަކުގެ ކަންބޮޑުވުން ބައިނަލްއަގްވާމީ މުޖުތަމައު އިން ދަނީ ފާޅުކުރަމުންނެވެ.

އެމެރިކާއާއި އިސްރާއީލު ކޮންޓްރޯކުރާ ޖީއެޗްއެފްގެ މަރުކަޒަކަށް އެހީ ބަލާދާ މީހުންވެސް ޔަހޫދީން ޝަހީދުކުރަމުން އަންނައިރު ޖީއެޗްއެފް މެދުވެރިކޮށް އެހީ ބެހުމުގެ މި އައު ނިޒާމަށް އދ އާއި އިންސާނީ މަސައްކަތް ކުރުމުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ޖަމްއިއްޔާތަކުން ވަނީ ފާޑު ކިޔައިފައެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޖީއެޗްއެފްގެ އެކްސެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުރި ޖާރެޑް ވުޑް ވަނީ އެ މަގާމުން އިސްތިއުފާ ދީފައެވެ. އޭނާ އިސްތިއުފާ ދިނީ ޖީއެޗްއެފަށް އިންސާނީ އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކުރެވިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެއެވެ. ޖީއެޗްއެފަށް ހަރަދު ކުރަނީ ކޮން ބައެއް ކަމެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

މި ހަނގުރާމައިގެ ސަބަބުން މިހާތަނަށް މަރުވެފައިވާ މީހުންގެ އަދަދު 54،418 އަށް އަރާކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ. އަދި 124،190 މީހުން ވަނީ ޒަޚަމްވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެއްބަސްވުން ކޮންމެ ގޮތަކަށް އޮތަސް ހަމާސް ދެމިއޮތްހާ ހިނދަކު ހަނގުރާމަ ހުއްޓައެއް ނުލާނަން: ޔަހޫދީން ޚަބަރު | 2 މަސް ކުރިންސުލްޙައިގެ އެއްބަސްވުމާ ހިލާފަށް މިއަދުވެސް 3 މީހުން ޝަހީދުކޮށްލައިފި ދުނިޔެ | 2 މަސް ކުރިންރަހީނުން ދޫކުރީ މަޖުބޫރުވެގެން، ބުނީ އަދިވެސް ހައްޔަރުކޮށް އަނިޔާކުރާނެކަމަށްޚަބަރު | 2 މަސް ކުރިންހަމާސްއިން ހުރިހާ އަސީރުން މިނިވަންކޮށްފި ޚަބަރު | 2 މަސް ކުރިން