ޔަމަނުގެ އަލްޤައިދާގެ ލީޑަރު ޓްރަމްޕް އަދި މަސްކްއަށް އިންޒާރުދީފި


08 ޖޫން 2025 - 04:16
ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމުތަކަށް އެމެރިކާއިން ދޭ އެހީތެރިކަމާ ގުޅިގެން ޔަމަނުގެ އަލްޤައިދާ ޖަމާޢަތުގެ ލީޑަރު ސަޢުދު ބިން ޢާޠިފް އަލްއަވްލަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ބިލިއަނަރު އީލޮން މަސްކްއަށް އިންޒާރުދީފިއެވެ.
ހޮނިހިރު ދުވަހު އާއްމުކުރި 30 މިނެޓުގެ ވީޑިއޯ މެސެޖެއްގައި އަލްއަވްލަކީ ބުނެފައިވަނީ ޣައްޒާގެ ގަތުލުއާއްމު މިހާރު އޮތް ހިސާބުން ރަތް ރޮނގު ފަހަނައަޅައި ގޮސްފައިވާކަމަށާއި މިހާރު ބަދަލު ހިފުމަކީ އޮތްކަމެއްކަމަށެވެ.
މި ހަނގުރާމައިގައި އަރަބި އިސްލާމީ ގައުމުތައް ހިމޭނުން އޮންނާތީވެސް އޭނާ ވަނީ ކިޔާފައެވެ. އޭނާވަނީ މިސުރު، ޖޯޑަން އަދި ގަލްފު ޢަރަބި ޤައުމުތަކުގެ ލީޑަރުން މެރުމަށްވެސް ގޮވާލާފައެވެ.
މި މެސެޖުގައި ޓްރަމްޕް އަދި މަސްކްގެ އިތުރުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސް، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަދި ސެކްރެޓަރީ އޮފް ޑިފެންސް ޕީޓް ހެގްސެތްގެ ފޮޓޯތަކާއި، މަސްކްގެ ވިޔަފާރިތަކުރިތަކުގެ ޓެސްލާގެ ލޯގޯވެސް ހިމަނާފައިވެއެވެ.
އަލްއަވްލަކީއަކީ 2024 ވަނަ އަހަރު އަލްޤައިދާގެ ޔަމަނު ގޮފީގެ ލީޑަރުކަމާ ހަވާލުވި މީހާއެވެ. އޭނާގެ ބޮލަށް އެމެރިކާއިން ވަނީ 6 މިލިއަން ޑޮލަރުގެ އިނާމެއް ކަނޑައަޅާފައެވެ. އެމެރިކާއިން ބުނާ ގޮތުގައި އޭނާ ވަނީ އެމެރިކާއާއި އެމެރިކާގެ އެކުވެރިންގެ އެންމެ ގާތް އެކުވެރިޔާކަމަށްވާ އިސްރާއީލާ ދެކޮޅަށް ހަމަލާދިނުމަށް ފާޅުގައި ގޮވާލާފައެވެ.
އަލްޤައިދާގެ ޔަމަނު ގޮފި އުފެދުނީ 2009 ވަނަ އަހަރު އަލްޤައިދާގެ ޔަމަނާއި ސަޢޫދީ ގޮފިތައް އެއްކޮށްލައިގެންނެވެ.
ޔަމަނުގައި ހަރަކާތްތެރިވާ ޙޫޘީން އަންނަނީ އިސްރާއީލަށް މިސައިލް ހަމަލާތައް ދީ ފަލަސްޠީނުގެ ރައްޔިތުންނާ އެއްބާރުލުމުގެ ގޮތުން ރަތް ކަނޑުގައި ދަތުރުކުރާ އެމެރިކާއާއި އިސްރާއީލަށް ވާގިވެރިވާ ވިޔަފާރި އުޅަނދުފަހަރަށް ހަމަލާދެމުންނެވެ.
މިކަމާ ގުޅިގެން ހަބަރުފަތުރާ ވަސީލަތްތަކުން ބުނީ ޢަރަބި އަދި މުސްލިމު ދުނިޔޭގެ އިސްރާއީލާ ދެކޮޅު ދިފާޢީ ބާރެއްގެ ގޮތުގައިޙޫޘީން މަޤްބޫލުވަމުން އަންނައިރު، އަލްއަވްލަކީގެ މެސެޖަކީވެސް މިރޮނގުން މަޤުބޫލުކަން ހޯދުމަށް ނެރުނު މެސެޖެއްކަމަށެވެ.
އިތުރު ލިޔުންތައް

ޣައްޒާގައި މަރުވި 15،000 އަށް ވުރެ ގިނަ ކުދިންގެ ހަނދާން އާކޮށްފި
9 މަސް ކުރިން
އިސްރާއީލުން ފަލަސްތީނުގެ ސްކޫލަކަށް ދިން ހަމަލާއެއްގައި 22 މީހުން މަރުވެއްޖެ
9 މަސް ކުރިން
އިސްރާއީލުން ޣައްޒާއަށްދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައިފި
9 މަސް ކުރިން