logoEN
ދުނިޔެ

ޣައްޒާއަށް އެހީ ހިފައިގެން ދިޔަ "މަޑްލީން" ބޯޓު އިސްރާއީލުން ހައްޔަރުކޮށްފި

ޣައްޒާއަށް އެހީ ހިފައިގެން ދިޔަ "މަޑްލީން" ބޯޓު އިސްރާއީލުން ހައްޔަރުކޮށްފުއެވެ.

އިސްރާއީލުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ބުނެފައިވަނީ އިސްރާއީލުގެ ކޮމާންޑޯއިން ބައިނަލްއަޤްވާމީ ކަނޑުގައި އުޅަނދު ހިފުމަށްފަހު މަދްލީންގެ ފަޅުވެރިން އިސްރާއީލަށް ގެންދެވެމުންދާ ކަމަށެވެ.

ފްރީޑަމް ފްލޮޓިލާ ކޯލިޝަނުން ފޮނުވި މަޑްލީން އުޅަނދު ހުއްޓުވީ ޣައްޒާއާ 100 މޭލު [160 ކިލޯމީޓަރު] އާ ގާތްކުރާ ދުރުމިނެއްގައެވެ. މި އުޅަނދުގައި އިސްރާއީލުގެކާބޯތަކެއްޗާއި، ފެނާއި، ބޭސްފަރުވާގެ ސާމާނު ވެއްދުމަށް ހުރަސް އެޅުމުގެ ސަބަބުން ބަނޑަށްޖެހިފައިވާ ފަލަސްޠީނުންނަށް އިންސާނީ އެހީ އަށް ބޭނުންވާ ތަކެތި އުފުލަމުންނެވެ.

އިސްރާއީލުގެ އެންމެ ފަހުގެ ބްލޮކޭޑް ފެށުނީ މާރިޗު 2 ގައެވެ. އަދި ބައިނަލްއަޤްވާމީ ބާރުތަކުގެ ޕްރެޝާ އިތުރުވަމުން ދިޔުމާއެކު މިހާރު ވަނީ ބްލޮކޭޑް ބައެއް މަޑުމަޑުން ނަގާފައެވެ. އިސްރާއީލުން 2007 އިން ފެށިގެން އެއްގަމާއި ކަނޑާއި ވައިގެ ހިޞާރެއް ދަމަހައްޓަމުނެވެ.

އަދި މީގެ އިތުރުން ހަމާސްއިން މަދްލީން ހިފުން ވަނީ "ދައުލަތުގެ ޓެރަރިޒަމް" އެއްކަމަށް ބުނެފައެވެ.

އެ ޖަމާޢަތުން ނެރުނު ބަޔާނެއްގައި ޣައްޒާއަށް ދަތުރުކުރަމުންދިޔަ އިންސާނީ އެހީގެ އުޅަނދުުޅަނދު އިސްރާއީލުން ހިފިކަމަށް ފާޑުކިޔާ، މިއީ "ރޭވިގެން ކުރެވޭ ދައުލަތުގެ ޓެރަރިޒަމް" އެއްކަމަށް ބުނެފައިވެއެވެ.

"އަހަރުމެން ތަފާތު ޤައުމުތަކުގެ ހިތްވަރުގަދަ އެކްޓިވިސްޓުންނަށް ސަލާމް ގޮވަމެވެ. އެމީހުން ބިރުދެއްކުންތަކާ ކުރިމަތިލައި، ޣައްޒާ އެކަނި ނޫންކަން އަލުން ޔަޤީންކޮށްދިނެވެ،" އެ ބަޔާނުގައި ބުނެފައިވެއެވެ.

ހަމާސްއިން ބުނެފައިވަނީ މަދްލީން ކާފިލާ އަދި އަލްޖީރިއާ، ޓިއުނީޝިއާ އަދި ޖޯޑަނުން ޣައްޒާއަށް ފޮނުވާ އެހެނިހެން އިންސާނީ އެހީގެ ކާފިލާތަކަކީ އިސްރާއީލުގެ ޕްރޮޕަގަންޑާ މެޝިން ފެއިލްވެފައިވާކަމުގެ ދިރިހުރި ހެއްކެއް ކަމަށެވެ. އަދި އެކްޓިވިސްޓުން ދޫކޮށްލުމަށާއި އުޅަނދު ހިފުން ކުށްވެރިކުރުމަށް އދ އަށް ގޮވާލާފައިވެއެވެ.

މަދްލީން ސިސިލީން ފުރީ ޖޫން 1 ގައެވެ. އެއީ އިސްރާއީލުގެ ޑްރޯންތަކުން ޣައްޒާއަށް ދަތުރުކުރަމުންދިޔަ އެހެން އެހީގެ އުޅަނދަކަށް ބޮން އެޅި ތާރީޚުން އެއްމަސް ފަހުންނެވެ. މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރާ އެކްޓިވިސްޓް ގްރެޓާ ތުންބަރގް ވެސް ހިމެނޭ ގޮތަށް 12 އެކްޓިވިސްޓުން މިހާރު ވަނީ އިސްރާއީލުގެ ބަންދުގައެވެ.

ކޮމެންޓް

871x217_placeholder