އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު އޮލްމަރޓް ޓްރަމްޕަށް: ނަތަންޔާހޫގެ އަނިޔާވެރިކަން ހުއްޓުވައިދީ

އިސްރާއީލުގައި ކުރިން ބޮދުވަޒީރުކަން ކުރި އޮލްމަރޓް

10 ޖޫން 2025 - 06:46
ހައްދުފަހަނައެޅި ޔަހޫދީ ބޮޑުވަޒީރުގެ އަނިޔާވެރިކަމާއި ޖައްބާރުކަން ހުއްޓުވާދިނުމަށް އެކަމަށް ބާރު އަޅާދިނުމަށް އިސްރާއީލު ކުރީގެ ބޮޑުވަޒީރު އެހުދު އޮލްމަރޓް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކިބައިން އެދިއްޖެއެވެ.
ޕެރިހުގައި އޭއެފްޕީއަށް ދިން އިންޓަވިއުއެއްގައި، 2006 އިން 2009 އަށް އިސްރާއީލުގެ ބޮޑުވަޒީރުކަން ކުރި އެހުދް އޮލްމަރޓް ބުނީ ދުނިޔޭގެ އެހެން އެއްވެސް ގައުމަކަށްވުރެ ބޮޑަށް އެމެރިކާއަށް އިސްރާއީލުގެ މައްޗަށް ބާރު ފޯރުވޭނެކަމަށް ގަބޫލުކުރާކަމަށެވެ. އަދި ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމު ހުއްޓުވުމުގެ މަސައްކަތްތައް އެމެރިކާއަށް ވާނެކަމަށް އޭނާ ވަނީ ބުނެފައެވެ.
އޮލްމަރޓް ވަނީ ނަޔަންޔާހޫ ވައިޓް ހައުސްއަށް ހާޒިރުކޮށް ދުނިޔޭގެ ކުރިމަތީގައި ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ފާޅުކަން ބޮޑު ގޮތެއްގައި ހަރުކަށިކަމާއެކު ވާހަކަދެއްކުމަށް ޓްރަމްޕަށް ގޮވާލާފައެވެ. އަދި ހަނގުރާމަ ހުއްޓުވަން ޒިންމާދާރު މަސައްކަތްތަކެއް ޓްރަމްޕްވެސް ކުރާނަމަ އެކަން ޓްރަމްޕަށް ވާނެކަމަށާއި ވީހާވެސް އަވަހަކަށް މިކަން ކުރާނެކަމަށް އުއްމީދުކުރާކަމަށްވެސް އޮލްމަރޓް ވަނީ ބުނެފައެވެ.
އޮލްމަރޓްވެސް ވަނީ ޔަހޫދީން މިހާރު ޣައްޒާގެ ބިމުގައި ހިންގަމުންދަނީ އަނިޔާވެރި ގަތުލުއާއްމެއްކަމަށް އިއުތިރާފުވެފައެވެ. އަދި އޭނާ ބުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަމާސްއިން ދިން ހަމަލާ ހުއްޓުވުމަށް ނެތަންޔާހޫ ފެއިލްވެފައިވާކަމަށާއި ހަމާސް ނައްތާލުމަކީ އިސްރާއީލަށް ވާނޭކަމެއް ނޫންކަމަށް ގަބޫލުކުރާކަމަށެވެ. މިހާރު ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނުތަކަކީ ނަތަންޔާހޫ އޭނާގެ އާރާއި ބާރު ދެއްކުމަށާއި ފެއިލްވެފައިވާކަން ގަބޫލުނުކުރުމަށް ކުރަމުންދާ ކަންތައްތަކެއްގެ ގޮތުގައި އޮލްމަރޓް ވަނީ ސިފަކޮށްފައެވެ.
އޮލްމަރޓް ގެ މި ވާހަކަތަކާ ގުޅިގެން ނަތަންޔާހޫވެސް އަދި ޓްރަމްޕްވެސް އެއްވެސް އެއްޗެއް އަދި ހާމަކޮށްފައެއްނުވެއެވެ.
އިތުރު ލިޔުންތައް

ޣައްޒާގައި މަރުވި 15،000 އަށް ވުރެ ގިނަ ކުދިންގެ ހަނދާން އާކޮށްފި
9 މަސް ކުރިން
އިސްރާއީލުން ފަލަސްތީނުގެ ސްކޫލަކަށް ދިން ހަމަލާއެއްގައި 22 މީހުން މަރުވެއްޖެ
9 މަސް ކުރިން
އިސްރާއީލުން ޣައްޒާއަށްދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައިފި
9 މަސް ކުރިން