logoEN
ޚަބަރު

އީދު ބަންދަށް ފަހު ބާއްވާ މަޖިލީހުގެ ފުރަތަމަ ޖަލްސާ މާދަމާ

އާމިނަތު ސަފާއާމިނަތު ސަފާ

10 ޖޫން 2025 - 07:13

އީދު ބަންދަށް ފަހު ބާއްވާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް މާދަމައަށް ތާވަލުކޮށްފިއެވެ.

މާދަމައަށް ތާވަލުކޮށްފައިވާ މަޖިލީހުގެ އެޖެންޑާގައި 3 ކަމެއްވަނީ ތާވަލުކޮށްފައެވެ. އެއީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރިއަށް ގެންދިޔުމަށާއި، ނޭޕާލަށް ރާއްޖޭއިން ކަނޑައަޅާ ނޮން ރެސިޑެންޓު ސަފީރު ހަމަޖެއްސުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް، ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުމުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރަން ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލީ އީދު ބަންދަށެވެ.

މަޖިލިސް ޗުއްޓީ ނިންމައި، އެނބުރި އައުމަށް ފަހު މި އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވީ މި މަހުގެ 2 ވަނަ ދުހުއެވެ.

މި އަހަރުގެ ފުރަތަމަ ދައުރު ނިންމައި މަޖިލީސް ޗުއްޓީއަށް ދިޔައީ މިދިޔަ މަހުގެ 15ގައެވެ.

އެންމެ ފަހުން ބޭއްވި ޖަލްސާގައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަން ކުރެއްވުމަށް ރައީސް ހުށަހެޅުއްވި މައްސަލަ ދިރާސާކުރަން ކޮމިޓީއަށް ފޮނުއްވައިފައެވެ.

މީގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފަައެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލެވެ.

ކޮމެންޓް

871x217_placeholder