logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް މުއިއްޒު، ޕޯޗުގަލްގެ ރައީސަށާއި ބޮޑުވަޒީރަށް ޕޯޗުގަލް ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސް މުއިއްޒު، ޕޯޗުގަލްގެ ރައީސަށާއި ބޮޑުވަޒީރަށް ޕޯޗުގަލް ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕޯޗުގަލްގެ ރައީސް ހިޒް އެކްސެލެންސީ މާސެލޯ ހިބެލޯ ޑިސޯޒާއާއި ބޮޑުވަޒީރު ހިޒް އެކްސެލެންސީ ލުއިޝް މޮންޓިނެގްރޯއަށް ޕޯޗުގަލް ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

ޕޯޗުގަލްގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި މި އުފާވެރި މުނާސަބަތުގެ ތަހުނިޔާ އެ މަނިކުފާނަށް އަރިސްކުރެއްވިއެވެ. އަދި ޕޯޗުގަލް ދުވަހުގެ މުހިންމުކަން ފާހަގަކުރައްވައި، ދިވެހި ރައްޔިތުންގެ ނަމުގައި ޕޯޗުގަލްގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވިއެވެ. މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރައީސް ޑިސޯޒާއަށް ފުރިހަމަ ޞިއްޙަތަކަށާއި އުފާވެރިކަމަށް އެދިވަޑައިގެން އެ ޤައުމަށާއި އެ ޤައުމުގެ ރައްޔިތުންނަށް އުފާ ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ޕޯޗުގަލްގެ ބޮޑުވަޒީރު ލުއިޝް މޮންޓިނެގްރޯއަށް ވަކިން ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަނިކުފާނަށާއި އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ޤައުމީ ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ނަންފުޅުގައި، ބޮޑުވަޒީރު މޮންޓިނެގްރޯއަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން އެ ޤައުމަށް ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓު މެދުވެރިކުރައްވައި އާންމުކުރެއްވި މެސެޖެއްގައިވެސް، ޕޯޗުގަލް ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. މި މެސެޖުގައި، މި އަހަރަކީ ދިވެހިރާއްޖެއާއި ޕޯޗުގަލްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 30 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޯދަ ހަދިޔާ މަސްދަޅު މާލެ ސަރަހައްދުގައި ބަހާ ނިމިއްޖެޚަބަރު | ގަޑިއިރެއް ކުރިން ރައީސް ކަނޑުތައް ބެލެހެއްޓުމާ ބެހޭގޮތުން ރާއްޖެއިން ގެންގުޅޭ ހަރުދަނާ ވިސްނުން ބަޔާންކޮށްދެއްވައިފިޚަބަރު | 3 ގަޑިއިރު ކުރިންރައީސްގެ ވަރުގަދަ ތަގްރީރެއް: މޫސުމީ ބަދަލުތަކުން ސަލާމަތްވުމަކީ އިޚުތިޔާރީ ކަމެއް ނޫންޚަބަރު | 3 ގަޑިއިރު ކުރިންޤައުމަށް ބޮޑު ފަޚުރެއް: ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ މީހުންގެ ލިސްޓަށް ރައީސް މުއިއްޒުޚަބަރު | 13 ގަޑިއިރު ކުރިން