logo
Bank of Maldives

Bank of Maldives

ޚަބަރު

ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަވަހާރަވުމުން، އާޢިލާއަށް ރައީސް ތަޢުޒިޔާ ފޮނުއްވަވައިފި

އާމިނަތު ޝަފާ
10 ޖޫން 2025 - 09:51
ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަވަހާރަވުމުން، އާޢިލާއަށް ރައީސް ތަޢުޒިޔާ ފޮނުއްވަވައިފި

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ރަޝީދު އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ދަންނަވައިފިއެވެ.

ތަޢުޒިޔާ ވިދާޅުވެ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ މެންބަރު އަޙްމަދު ރަޝީދަކީ ސިިޔާސީ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވައި އަދި އަޙްމަދު ރަޝީދު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވާކަމަށާއި މަރްޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާކަމަށް ވިދާޅުވެފައެވެ.

ރައީސް ވަނީ މަރްޙޫމް އަޙްމަދު ރަޝީދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި އަބަދުމެ ލަހެއްޓެވުން އެދި ދުއާ ކުރައްވާފައެވެ.

އެނގިފައިވާގޮތުގައި އޭނާ ނިޔާވެފައިވަނީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާކުރާތާ ގިނަ ދުވަސްތަކަކަށްފަހު މިއަދު އައިޖީއެމްއެޗްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނިޔާވިއިރު ރަޝީދަކީ ސަރުކާރު ހިންގާ ޕީއެންސީގެ އިސްފުގައި ހަރަކާތްތެރިވަމުން އަންނަ ފަރާތެކެވެ.

އެގޮތުން ޕީޕީއެމް/ ޕީއެންސީ އޮތް ދުވަސްވަރު އެތެރޭގެ އިންތިހާބުތައް ރާވާ ހިންގުމުގައި ރަޝީދު ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.

ރަޝީދަކީ 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ގައްދޫ ދާއިރާ ތަމްސީލްކުރެއްވި ޕީޕީއެމްގެ މެންބަރެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށްފަހުގައި ވެސް އޭނާ ގެންދެވީ ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް މަސައްކަތް ކުރައްވަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ މިރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ!ޚަބަރު | 28 މިނިޓު ކުރިންދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ތަސްދީޤުކުރައްވައިފިޚަބަރު | 18 ގަޑިއިރު ކުރިންރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދެން އޮފީސް އިނާޔަތެއް ނުދޭނެ!ޚަބަރު | 18 ގަޑިއިރު ކުރިންޒަކާތުގެ ޤާނޫނު ތަސްދީޤުކުރައްވައިފި، އަމަލުކުރަން ފަށާނީ 2026 ވަނަ އަހަރުޚަބަރު | 18 ގަޑިއިރު ކުރިން