logo
E-Platinum
ޚަބަރު

ޞިއްޙީ ގޮތުން ހޭލުންތެރިކުރުމަށް ގައުމީ ކެމްޕެއިނެއް ފެށުމަށް ނިންމައިފި

ހުސައިން ވަސީމް
12 ޖޫން 2025 - 08:14
 ޞިއްޙީ ގޮތުން ހޭލުންތެރިކުރުމަށް ގައުމީ ކެމްޕެއިނެއް ފެށުމަށް ނިންމައިފި

ދިވެހި ރައްޔިތުން ޞިއްޙީ ގޮތުން ހޭލުންތެރިކުރުމަށް ގައުމީ ކެމްޕެއިނެއް ފެށުމަށް ނިންމައިފި އެވެ.

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް) އަދި ޞިއްޙީ ވުޒާރާގެ ފަރާތުން ވަނީ ޞިއްޙީ ދާއިރާއާއި ގުޅޭ މުހިއްމު ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމަށް އަމާޒުކޮށް ކެމްޕެއިނެއް ފެށުމަށް މިއަދުމަޝްވަރާ ބައްދަލުވުމެއް ބާއްވާފަ އެވެ.

މިފަދަ ކެމްޕެއިނެއް އިންތިޒާމްކުރުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ރައްޔިތުން ޞިއްޙީ ގޮތުން ހޭލުންތެރިކުރުވުމެވެ. އެގޮތުން، ލޭ ހަދިޔާކުރުން ފަދަ އާންމު ޞިއްޙަތާއި ގުޅުން ހުރި މުހިއްމު މަޢުލުމާތުތައް މި ކެމްޕެއިން މެދުވެރިކޮށް އާންމުންގެ މެދުގައި ޙިއްސާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

އައި.ޔޫ.އެމްގެ އިތުރުން އެފަދަ މަތީ ތަޢުލީމު ފޯރުކޮއްދޭ އެހެނިހެން މަރުކަޒުތަށް މެދުވެރިވެ، މި ކެމްޕެއިން ޤައުމީ ފެންވަރުގައި ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފަ އެވެ.

މި ބައްދަލުވުމުގައި، ޞިއްޙީ ވުޒާރާގެ ފަރާތުން އެ ވުޒާރާގެ ވަޒީރު، އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ. ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ،ޑރ.ޢަލީ ޒާހިރު، ޑީން އޮފް ސްޓޫޑަންޓްސް، ޢަބްދުލް ހަފީޒް ޚާލިދް އަދި ޕްރެޒިޑެންޓް އޮފް ސްޓޫޑަންޓް ޔޫނިއަން، ހުސައިން އަރުބާން ފަވާޒް ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަފްސާނީ އެހީގެ ހެލްޕް ލައިންގެ ޚިދުމަތް މިއަހަރުގެ މިހާތަނަށް 5000 އަށްވުރެ ގިނަ މީހުން ހޯދައިފިޚަބަރު | 13 ދުވަސް ކުރިންމަތީ ތަޢުލީމު ދޭ ބައެއް ކޮލެޖް ޔުނިވަރސިޓީ ތަކާއި އެކު ލޭ ދިނުމަށް މީހުން ހޭލުންތެރިކުރަނީޚަބަރު | މަހެއް ކުރިން ޞިއްޙީ ގޮތުން ހޭލުންތެރިކުރުމަށް ގައުމީ ކެމްޕެއިނެއް ފެށުމަށް ނިންމައިފިޚަބަރު | މަހެއް ކުރިންވެކްސިން މެނޭޖްކުރުމާއި ގުޅޭ ވޯރކްޝޮޕެއް ބާއްވައިފިޚަބަރު | 2 މަސް ކުރިން