logo
E-Platinum
ޚަބަރު

މަތީ ތަޢުލީމު ދޭ ބައެއް ކޮލެޖް ޔުނިވަރސިޓީ ތަކާއި އެކު ލޭ ދިނުމަށް މީހުން ހޭލުންތެރިކުރަނީ

މަތީ ތަޢުލީމު ދޭ ބައެއް ކޮލެޖް ޔުނިވަރސިޓީ ތަކާއި އެކު ލޭ ދިނުމަށް މީހުން ހޭލުންތެރިކުރަނީ

މިނިސްޓްރީ އޮފް ހެލްތާއި ދިވެހިރާއްޖޭގެ މަތީ ތަޢުލީމު ދޭ ބައެއް ކޮލެޖް ޔުނިވަރސިޓީ ތަކާއި އެކު ލޭ ދިނުމާއި ދޭ ދިނުމަށް މީހުން ހޭލުންތެރިކުރުމަށް އެކުގައި މަސައްކަތް ކުރުމަށް ނިންމައިފިއެވެ.

އެގޮތުން މަތީތައުލީމު ދޭ 24 ތަނަކާއި އެކު މިއަހަރުގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހާިއި ގުޅިގެން ބާއްވާ ރަސްމިއިްޔާތުގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ.

މި އެއްބަސްވުމުގެ މަޤްޞަދަކީ މުޖުތަމައުުގައި ލޭ ހަދިޔާ ކުރާމީހުން އިތުރުކުރުމާއި ޞިއްޙީ ގޮތުން ހޭލުންތެރިކުރުވުމެވެ. އެގޮތުން، ލޭ ހަދިޔާކުރުން ފަދަ އާންމު ޞިއްޙަތާއި ގުޅުން ހުރި މުހިއްމު މަޢުލުމާތުތައް މި ކެމްޕެއިން މެދުވެރިކޮށް އާންމުންގެ މެދުގައި ޙިއްސާކުރުމަށް ކުރެވިދާނެއެވެ.

މި އެއްބަސްވުން އެކުލަވާލުމާއި ގުޅޭގޮތުން މިނިސްޓްރީ އާއި އެކު މަސައްކަތް ކުރާ މަތީތައުލީމްދޭ ތަންތަނުގެ އިސްވެރިންނާއި އެކު މިނިސްޓަރ ވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި، ޞިއްޙީ ވުޒާރާގެ ފަރާތުން އެ ވުޒާރާގެ ވަޒީރު، އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ. ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ،ޑރ.ޢަލީ ޒާހިރު، ޑީން އޮފް ސްޓޫޑަންޓްސް، ޢަބްދުލް ހަފީޒް ޚާލިދް އަދި ޕްރެޒިޑެންޓް އޮފް ސްޓޫޑަންޓް ޔޫނިއަން، ހުސައިން އަރުބާން ފަވާޒް ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.

މިއަހަރުގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހުގެ ޝިޢާރަކީ ލޭދީގެން އުއްމީދެއް ދޭށެވެ.އެންމެން ގުޅިގެން ފުރާނަ ސަލާމަތްކުރަމެވެ.

މި ޝިއާރުގެ މަޤްޞަދަކީ، ލޭ ހަދިޔާ ކުރުމަކީ ދިރިއުޅުން ބަދަލުކޮށް، ފުރާނަ ސަލާމަތްކުރުމުގައި މުޖުތަމަޢުގެ ހަރުދަނާ ކަމާއި އެއްބައިވަންތަކަމުގެ ބާރު ދައްކުވައިދޭކަމެކެވެ.

ކޮންމެ އަހަރެއްގެ ޖޫން މަހުގެ 14 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ ގޮތުގައެވެ.

މި ދުވަސް ފާހަގަކުމުގެ މައިގަޑު މަޤްޞަދަކީ ހިލޭ ސާބަހަށް ލޭ ހަދިޔާ ކުރާ ފަރާތްތަކުން ދެއްވާ މި މަތިވެރި އިންސާނީ ޚިދުމަތުގެ އަގު ވަޒަންކުރުމަށާއި، ލޭހަދިޔާ ކުރުމުގެ މުހިންމުކަން އަންގައިދީ މިކަމަށް މުޖުތަމައު ހޭލުންތެރިކުރުމެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަފްސާނީ އެހީގެ ހެލްޕް ލައިންގެ ޚިދުމަތް މިއަހަރުގެ މިހާތަނަށް 5000 އަށްވުރެ ގިނަ މީހުން ހޯދައިފިޚަބަރު | 13 ދުވަސް ކުރިންމަތީ ތަޢުލީމު ދޭ ބައެއް ކޮލެޖް ޔުނިވަރސިޓީ ތަކާއި އެކު ލޭ ދިނުމަށް މީހުން ހޭލުންތެރިކުރަނީޚަބަރު | މަހެއް ކުރިން ޞިއްޙީ ގޮތުން ހޭލުންތެރިކުރުމަށް ގައުމީ ކެމްޕެއިނެއް ފެށުމަށް ނިންމައިފިޚަބަރު | މަހެއް ކުރިންވެކްސިން މެނޭޖްކުރުމާއި ގުޅޭ ވޯރކްޝޮޕެއް ބާއްވައިފިޚަބަރު | 2 މަސް ކުރިން