ދެތިން ދުވަހުގެ ތެރޭގައި އިރާނުގެ ރައްދު ހަމަލާ އެމެރިކާއަށް ދޭނެކަމަށް ބުނެފި
23 ޖޫން 2025 - 16:22

ބީ-2 ބޮންއަޅާ މަތިންދާބޯޓުތަކާއި ޖީބީޔޫ-57 މަރުކާގެ ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން އެމެރިކާއިން އީރާންގެ ތިން މަރުކަޒަކަށް ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެމެރިކާއަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފިއެވެ.
ނަޠަންޛާއި، ފޫރްދޫގެ އިތުރުން އަޞްފިހާންގައި ޤާއިމު ކޮށްފައިވާ ނިއުކްލިޔަރ މަރުކަޒުތަކަށް ހަމަމާދީ އެމެރިކާއިން ޔަހޫދީންނާ ގުޅިފައިވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.
އޮފިޝަލް ބުނީ މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާގެ ފައުޖުތަކާއި އެމެރިކާއިން ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތަކަށް އީރާނުން ވަރަށް އަވަހަށް ރައްދުހަމަލާތަކެއް ދިނުމުގެ ފުރުސަތު ބޮޑުކަމަށެވެ. ނަމަވެސް އެމެރިކާއިން ބޭނުންވަނީ އީރާނުން އެއްވެސް ހަމަލާއެއް ނުދީ އަމާން ދީ އެމެރިކާގެ ކުރިމަތީ ކުޑަކަކޫ ޖެހުމަށެވެ.
ނަން ނުޖެހުމުގެ ޝަރުތުކޮށް މީޑިއާތަކާ ވާހަކަދެއްކި އޮފިޝަލް ބުނީ އީރާނުގެ ރައްދުހަމަލާ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެމެރިކާއަށް އަމާޒުވާނެކަމަށެވެ.
އިރާގާއި ސީރިޔާ ހިމެނޭ ގޮތަށް މެދުއިރުމަތީގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ އެމެރިކާގެ ސިފައިންނަށް ދޭ ރައްކާތެރިކަން އިތުރުކޮށްފައިވާއިރު މެދުއިރުމަތީގައި 40,000 އެމެރިކާ ސިފައިން މިހާރުވެސް އެބަތިއްބެވެ.
ސީދާ އެމެރިކާއަށް ހަމަލާދޭނެ އިރެއް އިރާނުން ހާމަކޮށްފައިނުވި ނަމަވެސް އިރާނުން ބުނަނީ ހަނގުރާމައިގެ އަގު އެމެރިކާއިން ދައްކަންޖެހޭނެކަމަށެވެ. އަދި އެމެރިކާއަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ވަީ ދީފައެވެ.