logo
E-Platinum
ޚަބަރު

ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ: މެޓް

އާމިނަތު ޝަފާ
26 ޖޫން 2025 - 10:16
ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ: މެޓް

ހަފްތާ ބަނދުގައި މުޅި ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

ހަފްތާ ބަންދުގެ މޫސުން ލަފާކޮށް މެޓުން ބުނީ ހަފްތާގެ ހުކުރު އަދި ހޮނިހިރު މި ދެ ދުވަހުވެސް މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ އުތުރާއި މެދެރާއްޖެތެރޭ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރާނެ ކަމަށެވެ. އަދި ދެކުނާއި ހުޅަނގު ދެކުނުން އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. 

މެޓް އިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށާއި، އުތުރާއި މެދެރާއްޖެތެރޭ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.

މިދުވަސްވަރު ރާއްޖޭގެ ބައެއް ހިސާބުތަކަށް ވިއްސާރަކޮށް މޫސުން ގޯސްވެފައިވާތީ، ކަމާއި ބެހޭ ފަރާތްތަކުން ވަނީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އިލްތިމާސް ކޮށްފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުވަހުގެ މޫސުން: 50 މޭލަށް ވައި ބާރުވެ، ކަނޑުތައް ގަދަވާނެޚަބަރު | 2 ދުވަސް ކުރިންކުރިއަށް އޮތް 4 ދުވަހު މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި ޚަބަރު | 4 ދުވަސް ކުރިންކުރިއަށް އޮތް ތިންދުވަހު ވެސް މޫސުން ގޯސްކަމަށް ލާފާކޮށްފި ޚަބަރު | 9 ދުވަސް ކުރިންސަމާލުވޭ، އުތުރުގެ އަތޮޅުތަކަށް ވަރަށް ވިއްސާރަ ޚަބަރު | 16 ދުވަސް ކުރިން