logo
Bank of Maldives

Bank of Maldives

ދުނިޔެ

ބަނޑުހައިހޫނު ކަމުގެ ސަބަބުން ޣައްޒާއިން މަދުވެގެން 66 ކުއްޖަކު ނިޔާވެއްޖެ

ބަނޑުހައިހޫނު ކަމުގެ ސަބަބުން ޣައްޒާއިން މަދުވެގެން 66 ކުއްޖަކު ނިޔާވެއްޖެ

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކާއި ކާބޯތަކެތި ފޯރުކޮށްދިނުމަށް އަޅަމުންދާ ދަތިތަކުގެ ސަބަބުން، ހަނގުރާމަ ފެށުނީއްސުރެ ޣައްޒާގައި މަދުވެގެން 66 ކުޑަކުއްޖަކު، ބަނޑުހައިހޫނުގެ ސަބަބުން ނިޔާވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކާއި ކާބޯތަކެތި ފޯރުކޮށްދިނުމަށް އަޅަމުންދާ ދަތިތަކުގެ ސަބަބުން، ކިރާއި ކާނާގެ ސަޕްލިމެންޓްތަކާއި އެހެނިހެން ކާބޯތަކެތީގެ އެހީ ވެއްދުން ވަނީ ދަތިވެފައެވެ. އަދި އެ ތަކެތި ވެއްދުން ހުއްޓުވުމަށް އިޒްރޭލުން ބާރުއަޅާފައިވާ ބްލޮކޭޑް ފަލަސްތީނުގެ އިދާރާތަކުން ވަނީ ކުށްވެރިކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އިއްޔެ ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާންގައި ވަނީ، އިޒްރޭލުގެ ބާރުތަކުން އެ ސަރަހައްދަށް ދެމުންދާ ހަމަލާތައް އިތުރުކޮށް، މަދުވެގެން 60 ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށްލައިފައިވާ ކަމަށެވެ. މީގެ ތެރޭގައި ޣައްޒާގެ ތުއްފާހު ސަރަހައްދުގައި ޝަހީދުކޮށްލި 20 މީހުން ހިމެނެއެވެ.

މީޑިއާ އޮފީހުން ބުނެފައިވަނީ އިޒްރޭލުގެ ބްލޮކޭޑަކީ ހަނގުރާމައިގެ ކުށެއް ކަމަށާއި، މިއީ އާންމު ރައްޔިތުން ނައްތާލުމަށް ބަނޑުހައިހޫނުކަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުން ގަސްތުގައި ކުރާ ކަން ހާމަވާ ކަމެއް ކަމަށެވެ.

އަދި އެ އޮފީހުން ވަނީ އެ ޖަރީމާތައް ހިންގުމުގައި އިޒްރޭލަށް ވާގިވެރިވާ އޭގެ އެކުވެރިން ކަމުގައިވާ އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުވިލާތް ޒިންމާދާރުކުރުވުމަށް ގޮވާލައި، ކާބޯތަކެތި ޣައްޒާއަށް ވަދެވޭނެ މަގުތައް ހޯދައިދީ، ޢާންމުންނަށް އެ ތަކެތި ލިބޭނެ މަގު ފޯރުކޮށްދިނުމަށް އދ. އަށް ވެސް ގޮވާލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

24 ގަޑިއިރު ނުވަނީސް އެއްބަސްވުން ބޮލާލާ ޖެހުމަށްފަހު 6 މީހުން ޝަހީދުކޮށްލައިފި ޚަބަރު | 5 މަސް ކުރިންމެއި މަހުން ފެށިގެން ޣައްޒާގައި އެހީއަށް އެދުނު 1،760 މީހަކު އިޒްރޭލުން ޝަހީދުކޮށްފައިވޭ: އދދުނިޔެ | 7 މަސް ކުރިންއިސްރާއީލަށް ހަތިޔާރު ވިއްކުން މަނާކުރި އީޔޫގެ ފުރަތަމަ ގައުމަކަށް ސްލޮވީނިއާޚަބަރު | 7 މަސް ކުރިންޣައްޒާގެ ކުޑަކުދިން ބަނޑަށް މަރުވަމުންދާތަން ބަލަން ތިބެގެންނުވާނެ : ވަޒީރު ޝަހީމްޚަބަރު | 7 މަސް ކުރިން