logo
E-Platinum
ކުޅިވަރު

ކާރު އެކްސިޑެންޓެއްގައި ލިވަޕޫލްގެ ފޯވަޑް ޑިއެގޯ ޖޮޓާ މަރުވެއްޖެ!

އަބްދުﷲ ޣާނިމް
3 ޖުލައި 2025 - 09:44
ކާރު އެކްސިޑެންޓެއްގައި ލިވަޕޫލްގެ ފޯވަޑް ޑިއެގޯ ޖޮޓާ މަރުވެއްޖެ!

އިނގިރޭސި ޕްރިމިއާ ލީގުގައި ކުލަބް ލިވަޕޫލްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފޯވާޑް ޑިއެގޯ ޖޮޓާ ކާރު އެކްސިޑެންޓެއްގައި މަރުވެފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މައުލޫމާތު ލިވޭ ގޮތުގައި އުމުރުން 28 އަހަރުގެ ޖޮޓާ މަރުވެފައިވަނީ ސްޕެއިންގެ އުތުރުގެ ސަރަހައްދެއްގައި ހިނގި އެކްސިޑެންޓެއްގައެވެ.

އެކްސިޑެންޓް ހިނގި ވަގުތު ޖޮޓާގެ ކޮއްކޮ އުމުރުން 26 އަހަރުގެ އެންޑްރޭވެސް އެކާރުގައި އިންކަމަށް މައުލޫމާތު ލިބޭއިރު މި އެކްސިޑެންޓްގެ މާބޮޑު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ޖޮޓާގެ ކޮއްކޮ އެންޑްރޭވެސް އެކްސިޑެންޓްގައި މަރުވެފައިވާކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯތުކުރެއެވެ.

ޖޮޓާ ލިވަޕޫލަށް ބަދަލުވެފައިވަނީ 2020 ވަނަ އަހަރު 45 މިލިއަން ޕައުންޑަށެވެ. އޭނާވަނީ ޕޯޗުގަލްގެ ގައުމީ ޓީމަށް 49 މެޗު ކުޅެދީފައެވެ.

ޖޮޓާ ކާރު އެކްސިޑެންޓެއްގައި މަރުވެފައިވާއިރު އޭނާ ވަނީ މީގެ ދެ ހަފްތާ ކުރިން އޭނާގެ ޒަމާންވީ ލޯބިވެރިޔާ ރޫޓް ކާޑޯސޯ އާއި ކައިވެނިކޮށްފަ އެވެ.

ހާދިސާއާ ގުޅިގެން ޕޯޗުގަލްގެ ބޮޑުވަޒީރު، ލުއިސް މޮންޓެނެގްރޯ ނެރުއްވި ބަޔާނެއްގައި ޖޮޓާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ މިއަދަކީ ޕޯޗުގަލްގެ ފުޓްބޯޅައަށާއި ގައުމީ އަދި ބައިނަލްއަގްވާމީ ކުޅިވަރަށް ހިތާމަވެރި ދުވަހެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.

ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ޔޫއެފާއިން، ބުރާސްފަތި ދުވަހު ސްޕެއިނާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ވުމެންސް ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ މެޗުގެ ކުރިން ޖޮޓާގެ ހަނދާނުގައި 1 މިނިޓުގެ ހަމަހިމޭންކަމުގެ ސުކޫތެއް ގެނައުމަށް އެދިފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާރު އެކްސިޑެންޓެއްގައި ލިވަޕޫލްގެ ފޯވަޑް ޑިއެގޯ ޖޮޓާ މަރުވެއްޖެ!ކުޅިވަރު | 16 ދުވަސް ކުރިން