logo
މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެBank of Maldives

Bank of Maldives

ޚަބަރު

ވީއައިއޭގެ އައު ޓަރމިނަލް ސަލާމަތީ މިންގަނޑުތަކަށް ފެތޭ

އަޙްމަދު ޒަލީފް
5 ޖުލައި 2025 - 11:38
ވީއައިއޭގެ އައު ޓަރމިނަލް ސަލާމަތީ މިންގަނޑުތަކަށް ފެތޭ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްއަކީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ، ސަލާމަތީ މިންގަނޑުތައް ފުރިހަމަ އަދި ދަތުރުކުރާ ފަރާތްތަކަށް ރައްކާތެރި ތަނެއްކަމަށް ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން، ޑާސާގެ ހެޑް ޗީފް އިންސްޕެކްޓަރ އަހުމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަހުމަދު ނަޝީދު މިހެން ވިދާޅުވީ، އައު ޓަރމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކަށް ހާއްސަކޮށްގެން އެމްއޭސީއެލުން ސިލްސިލާކޮށް ގެނެސްދޭ ވީޑީއޯ ސެގްމެންޓުގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އައު ޓަރމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކަށް ހާއްސަކޮށްގެން އެމްއޭސީއެލް އިން ސިލްސިލާކޮށް ގެނެސްދެމުން އަންނަ ވީޑިއޯ ސެގްމަންޓުގައި ވާހަކަފުޅުދައްކަވަމުން، ޑާސާގެ ހެޑް ޗީފް އިންސްޕެކްޓަރ އަހުމަދު ނަޝީދު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ފަސިންޖަރ ޓަރމިނަލް ތަރައްޤީކޮށްފައިވަނީ، ބައިނަލްއަޤުވާމީ މިންގަނޑުތަކާއި އެއްގޮތަށްކަމަށެވެ. މީގެ އިތުރުން މި ޓަރމިނަލަކީ ސަލާމަތީ މިންގަނޑުތައް ފުރިހަމަ އަދި ދަތުރުކުރާ ފަރާތްތަކަށް ރައްކާތެރި ތަނެއްކަން ނަޝީދު ފާހަގަކުރެއްވިއެވެ.

"އޭވިއޭޝަން ސެކިޔުރިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ހައިސިއްޔަތުން މިހާރު ހުޅުވާ ޓަރމިނަލް ތެރޭގައި ޤާއިމުކޮށްފައިވާ ސެކިއުރިޓީ މިންގަނޑުތަކަކީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ވަރަށް ފުރިހަމަ މިންގަނޑުތަކެއް. އެގޮތުން ރާއްޖެއަށް ދަތުރުކުރާ ފަސިންޖަރުންނަށް ޒަމާނީ އާލާތްތައް ބޭނުންކޮށްގެން ސަލާމަތީ ގޮތުން ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދެވުމަކީ ދުނިޔޭގެ ކަންކޮޅުތަކުން ރާއްޖެއަށް ފަތުރުވެރިން ދަތުރުކުރުމުގައި ހިތްހަމަޖެހުން ލިބިގެންދާނެކަމެއް ކަމަށް ގަބޫލުކުރަން" ޑާސާގެ ހެޑް ޗީފް އިންސްޕެކްޓަރ އަހުމަދު ނަޝީދު ވިދާޅުވިއެވެ.

ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން، ޑާސާއަކީ އޭވިއޭޝަން ސެކިއުރިޓީއާއި ގުޅުންހުރި ބައިނަލްއަޤުވާމީ މުއާހާދާތަކުގައި ބަޔާންކޮށްފައިވާ ކަންތައްތައް ރެގިއުލޭޓްކުރުމާއި، ސިވިލް އޭވިއޭޝަން ސެކިއުރިޓީއަށް ބުރޫއަރާފާނެ ކަންކަމުން ވައިގެ ދަތުރުފަތުރުގެ ނިޒާމު ރައްކާތެރިކުރުމަށް އުސޫލުތައް ކަނޑައެޅުމުގައި ހަރަކާތްތެރިވާ އިދާރާއެކެވެ.

މީގެ އިތުރުން، އެއާޕޯޓުތަކުގެ ސެކިއުރިޓީ ސަރަހައްދުތައް ކަނޑައެޅުމާއި ސިވިލް އޭވިއޭޝަން ސެކިއުރިޓީއާއި ގުޅުންހުރި އެންމެހާ ކަންތައްތައް ރެގިއުލޭޓްކޮށް ބެލެހެއްޓުމާއި، މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ދިވެހި ދައުލަތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަކީވެސް ޑާސާގެ ޒިންމާއެކެވެ.

އެއަރޕޯޓް ހުޅުވުމުގައި މި މިންގަނޑުތައް ކަށަވަރުކުރުމަށް "އޮރާޓް"ގެ ނަމުގައި ޚާއްސަ ޓީމެއް ވަނީ އުފައްދާފައެވެ. މީގެ ތެރޭގައި ރާއްޖޭގެ ރެގިއުލޭޓަރީ އޮތޯރިޓީތައްކަމުގައިވާ ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ)، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ)، އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ މިންގަނޑުތައް ކަށަވަރުކުރަންޖެހެއެވެ.

72.000 އަކަ މީޓަރު ބޮޑު އައު ޓާމިނަލަކީ އަހަރަކު 7.5 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭވަރަށް ފަރުމާކޮށްފައިވާ ޓާމިނަލެކެވެ. މި ޓާމިނަލް ބޭނުންކުރާ ފަސިންޖަރުންނަށް މަތީ ފަންތީގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދިވެހިވަންތަ ފަރުމާތަކާއެކު 47 ޗެކިން ކައުންޓަރާއި ސެލްފް ސާވިސްގެ 6 ކިއޮސްކާއި ސީޕްލޭން ފަސިންޖަރުންނަށް ޚާއްސަ 24 ކައުންޓަރެއް ޤާއިމްކޮށްފައި ހުންނާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއައިއޭ އާ ޓާމިނަލްގެ ސީޕްލޭން ޗެކިން އޭރިއާ ބޭނުން ކުރަން ފަށައިފިޚަބަރު | 7 ދުވަސް ކުރިންވީއައިއޭގެ އައު ޓާމިނަލުން ޔޫއޭއީގެ އިއްތިހާދު އެއާވޭސްއަށް ހިދުމަތްދޭން ފަށައިފި ވިޔަފާރި | މަހެއް ކުރިންވީއައިއޭގެ ޓާމިނަލް 1 އިން އެއާއޭޝިއާ މެލޭޝިޔާ އަދި ތައި އެއާއޭޝިއާ އަށް ހިދުމަތް ދޭން ފަށައިފިޚަބަރު | 2 މަސް ކުރިންވީއައިއޭގެ ޓެކްސީވޭ އަލުން ތަރައްގީ ކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ނިމިއްޖެޚަބަރު | 5 މަސް ކުރިން