ސުކޫލުތަކުގައި ފުރަތަމަ ޓާމްގެ އިމްތިހާނު ފަށައިފި
އާމިނަތު ޝަފާ
6 ޖުލައި 2025 - 09:45

ފުރަތަމަ ޓާމުގެ އިމްތިހާނު ސުކޫލުތަކުގައި މިއަދު ފަށައިފިއެވެ.
މި ހިނގާ ދިރާސީ އަހަރުގެ އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން ގްރޭޑު 9 އެއް އަދި 10 އެއްގެ ފުރަތަމަ ޓާމުގެ އިމްތިހާނުތައް މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާއި ހަމައަށް ކުރިއަށް ދާނެއެވެ. އަދި ގްރޭޑު 7 އަދި 8 އެއްގެ ޓާމުގެ އިމްތިހާނުތައް މިއަންނަ ބުދަ ދުވަހުން ފަށައިގެން މިއަންނަ ހޮނިހިރު ދުވަހާއި ހަމައަށް ކުރިއަށް ދާނެއެވެ.
މި އިމްތިހާނުތައް ނިމި ފުރަތަމަ ޓާމު ނިމޭނީ މި މަހުގެ 24 ވަނަ ދުވަހުގައެވެ. އަދި މިމަހުގެ 28 ވަނަ ދުވަހު ފުރަތަމަ ޓާމު ބަންދު ފެށޭނެއެވެ.
ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓު 10 ވަނަ ދުވަހުގައެވެ.