logo
E-Platinum
ޚަބަރު

އިސްލާމީ މަރުކަޒުގެ ފުރާޅުން ފެން ލީކުވާ މައްސަލަ ހައްލު ކުރަން މަސައްކަތްކުރަނީ

އާމިނަތު ޝަފާ
11 ޖުލައި 2025 - 04:17
އިސްލާމީ މަރުކަޒުގެ ފުރާޅުން ފެން ލީކުވާ މައްސަލަ ހައްލު ކުރަން މަސައްކަތްކުރަނީ

މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް، އިސްލާމީ މަރުކަޒުގެ ފުރާޅުން ފެންލީކުވާ މައްސަލަ ހައްލު ކުރަން، އެންމެ މަތީ ދަރަޖައިގައި މަސައްކަތް ކުރައްވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ އިސްލާމީ މަރުކަޒުގެ ފުރާޅުން ފެން ފައިބާތީ އެކި ދިމާލުގައި ބާލިދީ ބަހައްޓާފައި ހުރި މަންޒަރުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައިގައި ދައުރުވަމުން އަންނާތީ މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ވިދާޅުވީ މިދިޔަ އަހަރު މަރުކަޒުގެ ފުރާޅު ބަދަލުކުރީވެސް އެތެރެއަށް ވާރޭވެހޭތީ އެ މައްސަލަ ހައްލުކުރުމަށްކަމަށެވެ. އަދި އެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީންކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މި މައްސަލަ ހައްލުކުރަން ކަމާގުޅޭ ޓީމްުތަކުން މަސައްކަތްކުރަމުންދާކަމަށެވެ. 40 އަހަރު ވެފައިވާ ޤައުމީ މި ބިނާ ދިމާވެފައިވާ މި މައްސަލަ ހައްލުކުރަން ވުޒާރާއިން އެންމެ މަތީ ދަރަޖައިގައި މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް ވަޒީރު ވަނީ އަރުވާފައެވެ.

އިސްލާމީ މަރުކަޒު ބިނާކުރީ މީގެ 40 އަހަރު ކުރިން، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައެވެ.11 ނޮވެންބަރު 1984 ގައި ހުޅުވުނު މި ބިނާވެފައިވަނީ ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް ހިންގާ މައި މަރުކަޒަށެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުމްރާއަށް ގެންދާނެކަމަށް ބުނެ ފައިސާ ނެގުމަށްފަހު ލަނޑުދީފިޚަބަރު | 3 ދުވަސް ކުރިން ހުރިހާ އިސްލާމީ މަރުކަޒެއްގައި މިއަހަރު ލައިބްރަރީ ގާއިމްކުރެވޭނެ: ވަޒީރު ޑރ. ޝަހީމްޚަބަރު | 7 ދުވަސް ކުރިންއިސްލާމީ މަރުކަޒުގެ ފުރާޅުން ފެން ލީކުވާ މައްސަލަ ހައްލު ކުރަން މަސައްކަތްކުރަނީޚަބަރު | 9 ދުވަސް ކުރިންޙާފިޒުންގެ ގޮތުގައި ދަސްވެނިވާ ކުދިންގެ އަދަދު އަންނަ ރަމަޟާންމަހު ދެގުނަ އިތުރުވާނެ: ވަޒީރު ޝަހީމްޚަބަރު | 16 ދުވަސް ކުރިން