logo
E-Platinum
ޚަބަރު

ހުރިހާ އިސްލާމީ މަރުކަޒެއްގައި މިއަހަރު ލައިބްރަރީ ގާއިމްކުރެވޭނެ: ވަޒީރު ޑރ. ޝަހީމް

ޝަހްޒާ މުހައްމަދު
13 ޖުލައި 2025 - 03:47
 ހުރިހާ އިސްލާމީ މަރުކަޒެއްގައި މިއަހަރު ލައިބްރަރީ ގާއިމްކުރެވޭނެ: ވަޒީރު ޑރ. ޝަހީމް

މިއަހަރު ނިމުމުގެ ކުރިން ހުރިހާ އިސްލާމީ މަރުކަޒުތަކެއްގައި އިސްލާމީ ލައިބްރަރީތައް ޤާއިމްކުރެވޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސަލްމާން މިސްކިތުގައި އިސްލާމީ ލައިބްރަރީ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ލައިބްރަރީ ނުވަތަ ކުތުބުޚާނާތަކަކީ އިސްލާމީ ޙަޟާރަތް ކުރިއަރައި ދިއުމުގައި މުހިންމު ދައުރެއް އަދާކުރި ތަންތަން ކަމަށެވެ. އަދި ރާއްޖޭގައިވެސް އިސްލާމީ ކުތުބުޚާނާތައް ޤާއިމުކުރުމަށް އަދުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މިހާރު އެކަމަށް ހުށަހެޅުމެއް ލިބިފައިވާކަމަށާއި 60،000 ފޮތް ހަދިޔާކުރުމަށް ހަމަޖެހި، އެކަމުގެ ރަސްމީ ލިޔެކިޔުންތައް ބަދަލުކުރެވިފައިވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި މިސްކިތްތަކުގައި ލައިބްރަރީތައް ޤާއިމްކޮށް މިސްކިތްތަކަށް ދިރުން ގެނުވުމަށް ކުރަމުން ގެންދާ މަސައްކަތަކީ ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ކުރިޔަށްގެންދާ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް އެބޭފުޅުންގެ އަގުހުރި ފޮތްތައް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ވަޒީރު ދަޢުވަތު ދެއްވިއެވެ. އަދި ދިވެހި އަދީބުންގެ ފޮތްތައްވެސް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ވަޒީރު ޝަހީމް ވިދާޅުވި ގޮތުގައި، ހއ. ދިއްދޫއާއި ރ. އުނގޫފާރާއި ގދ. ތިނަދޫގައި އިސްލާމީ ލައިބްރަރީތައް މިއަހަރު ނިމުމުގެކުރިން ގާއިމްކުރެވޭނެކަމަށެވެ. މީގެ ތެރެއިން ދިއްދޫގައި ޤާއިމުކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ނިންމާ އަންނަ މަހު ހުޅުވުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ލައިބްރަރީތައް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ވައުދުފުޅެކެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުމްރާއަށް ގެންދާނެކަމަށް ބުނެ ފައިސާ ނެގުމަށްފަހު ލަނޑުދީފިޚަބަރު | 3 ދުވަސް ކުރިން ހުރިހާ އިސްލާމީ މަރުކަޒެއްގައި މިއަހަރު ލައިބްރަރީ ގާއިމްކުރެވޭނެ: ވަޒީރު ޑރ. ޝަހީމްޚަބަރު | 7 ދުވަސް ކުރިންއިސްލާމީ މަރުކަޒުގެ ފުރާޅުން ފެން ލީކުވާ މައްސަލަ ހައްލު ކުރަން މަސައްކަތްކުރަނީޚަބަރު | 9 ދުވަސް ކުރިންޙާފިޒުންގެ ގޮތުގައި ދަސްވެނިވާ ކުދިންގެ އަދަދު އަންނަ ރަމަޟާންމަހު ދެގުނަ އިތުރުވާނެ: ވަޒީރު ޝަހީމްޚަބަރު | 16 ދުވަސް ކުރިން