logo
E-Platinum
ކުޅިވަރު

ޔުނައިޑެޓުން ބޭނުންނެތިގެން ދޫކޮށްލާ ރަޝްފޯޑު ބާސާއަށް ބަދަލުވަނީ

އަބްދުﷲ ޣާނިމް
19 ޖުލައި 2025 - 13:21
ރަޝްފޯޑު
ރަޝްފޯޑު

މެންޗެސްޓަރ ޔުނައިޓެޑުން ބޭނުން ނެތިގެން ދޫކޮށްލަން ހަމަޖެހިފައިވާ ފޯވަޑް މާކަސް ރަޝްފޯޑް ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވުމަށް ދެ ކުޅަބުން އެއްބަސްވުމަކަށް އައިސްފިއެވެ. ޓްރާންސްފަރ އިންސައިޑަރ ޑޭވިޑް އޯންސްޓީން ހާމަކުރި ގޮތުގައި މި މައްސަލައިގެ އެންމެ ފަހުގެ މަރުހަލާތައް މިހާރު ކުރިއަށްދަނީއެވެ.

27 އަހަރުގެ އިނގިރޭސި ކުޅުންތެރިޔާ އަކީ ޔުނައިޓެޑްގެ މިހާރުގެ ކޯޗް ރޫބެން އަމޮރިމްގެއައިފަހުން ޔުނަޢިޓެޑުގެ ސޮކޮޑުން ބާކީކޮށްފައިވާ ކުޅުންތެރިއެކެވެ. އޭނާ މިހާރު ޓްރެއިންކުރަމުންދަނީ ޓީމުގެ މައި ސްކޮޑާ ވަކިން، އެހެން ހަތަރު ކުޅުންތެރިންނާއެކު ހަވީރު 5 ގެ ފަހުން ކެރިންގްޓަންގައެވެ.

ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްއާއެކު ކުޅުމުގެ ޝައުގުވެރިކަން ފާޅުކޮށް، ރަޝްފޯޑް ވަނީ މީގެކުރިން ބާސެލޯނާއަށް ބަދަލުވާން ބޭނުންވާކަމުގެ ސިގްނަލް ފޮނުވާފައެވެ. ބާސެލޯނާގެ ކޯޗް ހާންސި ފްލިކް ވެސް ވަނީ ރަޝްފޯޑް ގެނައުމަށް ރުހުން ދީފައެވެ.

އޯންސްޓީން ހާމަކުރި ގޮތުގައި ކުރިން އެތްލެޓިކް ބިލްބާއޯގެ ނިކޯ ވިލިއަމްސްއަށް އިސްކަން ދިން ނަމަވެސް، ބާސެލޯނާއިން މިހާރު ވަނީ ރަޝްފޯޑް ގެނައުމަށް އަމާޒު ހިފާފައެވެ. މި ޑީލްގައި ހިމެނެނީ ފުރަތަމަ ލޯނަށް ގެނެސް، ފަހުން ގަތުމުގެ އޮޕްޝަނެކެވެ.

ރަޝްފޯޑަކީ މިދިޔަ ސީޒަންގެ ފަހު ބައިގައި އެސްޓަން ވިލާގައި ލޯނު އުސޫލުން ކުޅުނު ކުޅުންތެރިއެކެވެ. ރަޝްފޯޑު ގަތުމަށް ބާސެލޯނާއިން ނިންމީ ނިކޯ ވިލިއަމްއަށްފަހު ލުއިޒް ޑިއާޒްގެ ސޮއި ހޯދުމަށް ލިވަޕޫލުން އެދޭ ޓްރާންސްފާ ފީ ބޮޑުވުމާއި ގުޅިގެންނެވެ.

ރަޝްފޯޑު ވަނީ ޔުނައިޓެޑަށް މިހާތަނަށް ޖުމްލަ 443 މެޗު ކުޅެދީ، 142 ގޯލާއި 81 އެސިސްޓު ހަދާފައެވެ. އަދި އިންގްލެންޑްގެ ޤައުމީ ޓީމަށް މިހާތަނަށް ޖުމްލަ 62 މެޗުން 17 ގޯލާއި 6 އެސިސްޓް ހަދާދީފައިވެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔުނަޢިޑެޓުން ބޭނުންނެތިގެން ދޫކޮށްލާ ރަޝްފޯޑު ބާސާއަށް ބަދަލުވަނީކުޅިވަރު | 14 ގަޑިއިރު ކުރިންއޮސިމެން އެނބުރި ގަލަޓަސަރާއީ އަށް، ނަޕޮލީގެ ސަޕޯޓަރުން ރަތަށްކުޅިވަރު | 17 ގަޑިއިރު ކުރިންލުއިސް ޑިއާޒް ބާސެލޯނާއަށް ލިބުމަކީ ހުވަފެނެއް، ބަޔާން މިއުނިކް އައު އޮފަރއަކާއެކު ކުރިއަށްކުޅިވަރު | 18 ގަޑިއިރު ކުރިންބާސެލޯނާއި ކޭމްޕްނޫ އަށް އެނބުރި އައުން އަނެއްކާވެސް ލަސްވެއްޖެކުޅިވަރު | 2 ދުވަސް ކުރިން