logo
E-Platinum
ޚަބަރު

ރިސޯޓެއްގެ ސީޕްލޭން ޕްލެޓްފޯމެއް ކަނޑައިގެންގޮސް އޮޔާދާތީ ސަމާލުވާން އިލްތިމާސްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
19 ޖުލައި 2025 - 14:18
ރ. މާމުނަގާ ރިސޯޓު، ފޮޓޯ: މާމުނަގާ ރިސޯޓް އެފްބީ
ރ. މާމުނަގާ ރިސޯޓު، ފޮޓޯ: މާމުނަގާ ރިސޯޓް އެފްބީ

ރ. އަތޮޅު މާމުނަގައު ރިސޯޓްގެ ފަޅުތެރޭގައި އަޅާފައި އޮތް ސީޕްލޭން ޕްލެޓްފޯމެއް ކަނޑައިގެންގޮސް އޮޔާދާތީ، އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

މި ޕްލެޓްފޯމް އޮޔާދާނެކަމަށް ލަފާކުރެވެނީ ކާށިދޫ ކަނޑުތެރެއަށެވެ.

މި ޕްލެޓްފޯމަކީ ކަނޑުއުޅަނދުފަހަރަށް ނުރައްކަލެއް ކުރިމަތިކުރުވާފާނެ އެއްޗަކަށް ވާތީ، އެމްއެންޑީއެފުން ވަނީ މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކޮށްފައެވެ.

ޚާއްޞަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި އިތުރު ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ ހަނދާންކޮށްދީފައެވެ.

މިކަން ހިނގައިފައި މިވަނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، މި ދުވަސްކޮޅު ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަ ވިއްސާރަކުރަމުންދާ ދަނޑިވަޅެއްގައެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި، މިހާރު މިހުރި މޫސުމީ ބަދަލުތަކަށް ލުއިކަމެއް އަންނާނެ ކަމަށް ބެލެވެނީ މާދަމާއިން ފެށިގެންނެވެ.

މެޓް އޮފީހުން މިވަގުތު ވެސް އޮތީ ހއ. އަތޮޅުން ފެށިގެން ތ.އަތޮޅު ހިމެނޭ ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހުދުސަމާލުގެ އިންޒާރު ނެރެފައެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިސޯޓެއްގެ ސީޕްލޭން ޕްލެޓްފޯމެއް ކަނޑައިގެންގޮސް އޮޔާދަނީޚަބަރު | 13 ގަޑިއިރު ކުރިންއެމްއެންޑީއެފްގެ އަސްކަރީ ތަމްރީންތަކެއް މާދަމާ ފަށަނީ، ވަޒަން ދަތުރުކުރާނީ 980 ފޫޓު މަތިން ޚަބަރު | 4 ދުވަސް ކުރިންފީނަން ގޮސް އުޅުނު ކުއްޖަކު ގެއްލިގެން ހޯދަނީޚަބަރު | 6 ދުވަސް ކުރިންހުޅުމާލޭގެ ފުލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ޚަބަރު | 7 ދުވަސް ކުރިން