logo
E-Platinum
ޚަބަރު

ނުރައްކާވާ ގޮތަށް ދުއްވާ މީހުންނަށް ފިޔަވަޅު އެޅުން ފަސޭހަކުރުމަށް ގާނޫނުލްއުގޫބާތަށް އިސްލާހެއް ހުށަހަޅައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
19 ޖުލައި 2025 - 18:58
މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައި،
މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައި،

މަގުމަތީގައި ބިރުވެރިކަން އުފެދޭ ގޮތަށް އުޅަނދު ދުއްވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށް، ޤާނޫނުލްއުގޫބާތަށް އިސްލާހެއް ހުށަހަޅައިފިއެވެ.

މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.

މީކާއީލް ހުށަހެޅުއްވި އިސްލާހުގައި ވަނީ، ޤާނޫނުލްއުގޫބާތުގެ 121 ވަނަ މާއްދާއަށް "ބިރުވެރިކަން އުފެދޭ ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުންވެދާނެ ގޮތަކަށް އިންޖީނުލީ އެއްގަމު އުޅަނދުފަހަރު ދުއްވުން" އިތުރުކުރުމަށެވެ.

މި އިސްލާހުގެ މައިގަނޑު މަޤްޞަދަކީ މަގުތަކުގައި ނުރައްކާވާ ގޮތަށް އުޅަނދު ދުއްވުމުގެ ސަބަބުން ދިމާވާ އެކްސިޑެންޓްތަކުގައި ފިޔަވަޅު އެޅުން ހަރުދަނާ ކުރުމެވެ.

ޤާނޫނުލްއުގޫބާތުގެ 121 ވަނަ މާއްދާގައި މިހާރު ބުނެފައިވަނީ، މީހަކު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ސަބަބުން އަނިޔާ ލިބޭ މީހާ މަރުވެދާނެކަމުގެ ނުވަތަ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވައިފިނަމަ އެއީ ކުށެއް ކަމަށެވެ. މިފަދަ ކަންކަމުގެ ތެރޭގައި ގޮވާ ތަކެއްޗާއި ކެމިކަލް ބޭނުންކުރުން، މެޝިނަރީ މަސައްކަތް، އިމާރާތް ތަޅައި ގަސް ކެނޑުން، ޖަނަވާރު ގެންގުޅުން، އަދި ކަނޑު އުޅަނދުފަހަރު އެހެލައި ބޭލުން ހިމެނެއެވެ. ނަމަވެސް މި މާއްދާގައި އެއްގަމު އުޅަނދު ދުއްވުން ސީދާ ހިމެނިފައިނުވާތީ، ނުރައްކާތެރި ގޮތަށް އުޅަނދު ދުއްވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގާނޫނީ ދަތިތަކެއް ހުރެއެވެ.

މިއީ މާލެއާއި ރާއްޖޭގެ އެހެން ރަށްރަށުގައިވެސް އެކްސިޑެންޓްތައް ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާ ދަނޑިވަޅެއްގައި ހުށަހެޅުނު އިސްލާހެއްކަން ފާހަގަކޮށްލެވެއެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުރައްކާވާ ގޮތަށް ދުއްވާ މީހުންނަށް ފިޔަވަޅު އެޅުން ފަސޭހަކުރުމަށް އިސްލާހެއްޚަބަރު | 9 ގަޑިއިރު ކުރިންޓްރޭޑްމާކް ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިޚަބަރު | 3 ދުވަސް ކުރިންޓްރޭޑް މާކް ބިލް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި ޚަބަރު | 5 ދުވަސް ކުރިންފިކުރީ މުދާ ޙިމާޔަތްކުރުމަށް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް އުފައްދަނީޚަބަރު | 5 ދުވަސް ކުރިން