logo
E-Platinum
ޚަބަރު

ވަޒީރު ސައީދުގެ ބައްޕާފުޅު އަވަހާރަވުމުގެ ހިތާމައިގައި ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

އާމިނަތު ޝަފާ
20 ޖުލައި 2025 - 04:25
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ބައްޕާފުޅާއެކު//
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ބައްޕާފުޅާއެކު//

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ ބައްޕާފުޅު ، ސަޢީދު އަބްދުﷲ، ވިނަރެސް/ ހއ. ތުރާކުނު އަވަހާރަވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެެއެވެ.

ރައީސްގެ ތައުޒިޔާގެ މެސެޖުގައި ވަޒީރު ސަޢީދުގެ ބައްޕާފުޅު ، ސަޢީދު އަބްދުﷲ އަވަހާރަވީ ޚަބަރު އެއްސެވީ ނުހަނު ފުންހިތާމައާއެކުގައިކަމަށް ވިދާޅުވެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދި ވަނީ ދުޢާ ދަންނަވާފައެވެ.

މަރުޙޫމް ސަޢީދު ޢަބްދުﷲ އަކީ ހއ.ތުރާކުނުގެ ވެރިކަމުގެ ދާއިރާގެ އިސް މަޤާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ، ޤަދަރުވެރި ބޭފުޅެއްކަމަށާއި ޚުލްޤު ހެޔޮ، ދީންވެރި، ހަރުދަނާ ޝަޚްޞިއްޔަތެއްކަން ރައީސްގެ ތައުޒިޔާގެ މެސެޖުގައި އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.

ތައުޒިޔާގެ މެސެޖު ނިންމަވާލައްވަމުން ރައީސްވަނީ މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި މަރުޙޫމް ސަޢީދު ޢަބްދުﷲ ލެހެއްޓެވުންއެދި ދުޢާ ދަންނަަވާފައެވެ.

މަރުޙޫމް ސަޢީދު ޢަބްދުﷲއަކީ ގިނަދުވަސްތަކެއްވަންދެން ތުރާކުނު ކަތީބުކަމުގެ މަގާމު ފުރުއްވި ބޭފުޅެކެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާގެ ބޮޑުވަޒީރު މޯދީ ރަސްމީ ދަތުރުފުޅެއްގައި ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވަނީޚަބަރު | 3 ގަޑިއިރު ކުރިންވަޒީރު ސައީދުގެ ބައްޕާފުޅު އަވަހާރަވުމުގެ ހިތާމައިގައި ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | 6 ގަޑިއިރު ކުރިންރައީސް، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފިޚަބަރު | ދުވަހެއް ކުރިންރައީސް، އިނގިރޭސިވިލާތުން އެނބުރި ރާއްޖެ ވަޑައިގެންފިޚަބަރު | ދުވަހެއް ކުރިން