logo
E-Platinum
ޚަބަރު

އިންޑިއާގެ ބޮޑުވަޒީރު މޯދީ ރަސްމީ ދަތުރުފުޅެއްގައި ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

އާމިނަތު ޝަފާ
20 ޖުލައި 2025 - 07:17
ރައީސް މުޢިއްޒު އަދި އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ -- ފޮޓޯ/ ރައީސް އޮފީސް
ރައީސް މުޢިއްޒު އަދި އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ -- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބާއާ ދިމާކޮށް ކުރައްވާ ދަތުރުފުޅެކެވެ.

ތިންވަނަ ދައުރަކަށް ބޮޑުވަޒީރުގެ މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެކެވެ.

ރައީސް އޮފީހުން ބުނީ  މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒާއި ބޮޑުވަޒީރު މޯދީ ދެޤައުމުގެ ގުޅުމާއި ސަރަޙައްދީ މުހިއްމު ކަންކަމާ ގުޅޭގޮތުން މަތީ ފެންވަރުގެ މަޝްވަރާތައް ބާއްވާނެކަމަށާއި މީގެ އިތުރުން، ދެޤައުމުގެ މަސްލަހަތު ހިމެނޭ ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށް ތަރައްގީގެ މަޝްރޫޢުތައް އިފްތިތާޙުކޮށް، ދެ ގައުމަށް ފައިދާހުރި އެއްބަސްވުންތަކެއްގައި ސޮއިކުރެވިގެންދާނެކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ދިމާވަނީ ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ އަހަރާއެވެ. މިއީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާވެސް 60 އަހަރު ފުރޭ އަހަރެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާގެ ބޮޑުވަޒީރު މޯދީ ރަސްމީ ދަތުރުފުޅެއްގައި ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވަނީޚަބަރު | 8 ގަޑިއިރު ކުރިންވަޒީރު ސައީދުގެ ބައްޕާފުޅު އަވަހާރަވުމުގެ ހިތާމައިގައި ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | 10 ގަޑިއިރު ކުރިންރައީސް، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފިޚަބަރު | ދުވަހެއް ކުރިންރައީސް، އިނގިރޭސިވިލާތުން އެނބުރި ރާއްޖެ ވަޑައިގެންފިޚަބަރު | ދުވަހެއް ކުރިން