އެކިޓިކެ ލިވަޕޫލަށް ބަދަލުވުމަށް ފްރެންކްފަރޓް އާއި ދެމެދު އެއްބަސްވުމަކަށް އައިސްފި
20 ޖުލައި 2025 - 08:53

ހިއުގޯ އެކިޓިކެ ލިވަޕޫލަށް ބަދަލުވުމަށް އައިންޓްރެކްޓް ފްރޭންކްފަރޓް އާއި ލިވަޕޫލާއި ދެމެދު އެއްބަސްވުމަކަމަށް އަތުވެއްޖެއެވެ.
އެކިޓިކޭގެ ސޮއި ހޯދުމުގައި ނިއުކާސަލް ކުރީގައިވަނިކޮށް ލިވަޕޫލުން ވަނީ މިކުޅުންތެރިޔާގެ ރޭހުގައި ކުރިހޯދާފައެވެ. ލިވަޕޫލުން ތިން ފަހަރެއްގެމަތީން މިކުޅުންތެރިޔާއަށް އަގު ހުށަލަޅާފައިވާއިރު، އެންމެފަހުން ލިވަޕޫލުން ހުށަހަޅާފައިވަނީ އެޑް-އޮންސްތަކާއެކު 96 މިލިޔަން ޔޫރޯއެވެ. 23 އަހަރުގެ ފްރާންސްގެ މި ކުޅުންތެރިޔާމިހާރުވަނީ ލިވަޕުލާއެކު 6 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް އެއްބަސްވެފައެވެ.
މިއީ މި ސީޒަންގައި ލިވަޕޫލުން ސޮއި ހޯދާ ފަސްވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އިނގިރޭސި ރެކޯޑު އަގު ކަމުގައިވާ 116 މިލިއަން ޕައުންޑަށް ބަޔަރ ލެވަކޫޒަންގެ ފްލޯރިއަން ވަރޓްޒް އަދި ހަމަ އެ ކުލަބުން ޖެރެމީ ފްރިމްޕޮންގް ވަނީ ގެނެސްފައެވެ. މީގެ އިތުރުން ބޯންމައުތުން 40 މިލިއަން ޕައުންޑަށް މިލޮސް ކެރްކެޒްގެ ސޮއި ހޯދާފައިވާއިރު ވެލެންސިއާގެ މާމަދުއަޝްވިލީގެ ސޮއިވެސް ލިވަޕޫލުން ވަނީ ހޯދާފައެވެ.
އެކިޓިކެ ވަނީ މިދިޔަ ސީޒަނުގައި 48 މެޗުން 22 ގޯލާއެކު 12 އެސިސްޓް ހަދާފައެވެ. އެކިޓިކެގެ ސޮޔާއެކު ލިވަޕޫލްގެ މި ސީޒަންގެ ހޭދަ 250 މިލިއަން ޕައުންޑަށްވުރެ މައްޗަށް ދާނެއެވެ.
މިކުޅުންތެރިޔާގެ ސޮއި ލިވަޕޫލުން ހޯދުމާއެކު، ލިވަޕޫލް ދޫކޮށްލަން ބޭނުންވެފައިވާ ލުއިޒް ޑިއާޒް ބަޔާން މިޔުނިކް އަށް ދޫކޮށްލާނެކަން މިހާރުވަނީ ގާތްގަނޑަކަށް ޔަޤީންވެފައެވެ.