logo
E-Platinum
ޚަބަރު

މުވައްޒަފުންގެ މުސާރައަށް ބަދަލުގެންނަން އުޅޭ ކަމަށް ބުނެ މީސްމީޑިއާގައި ދައުރުކުރަމުން ދަނީ ދޮގު ވާހަކައެއް: އެމްއޭސީއެލް

ޝަހްޒާ މުހައްމަދު
20 ޖުލައި 2025 - 11:06
މުވައްޒަފުންގެ މުސާރައަށް ބަދަލުގެންނަން އުޅޭ ކަމަށް ބުނެ މީސްމީޑިއާގައި ދައުރުކުރަމުން ދަނީ  ދޮގު ވާހަކައެއް: އެމްއޭސީއެލް

އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ބަދަލު ގެންނަން އުޅޭ ކަމަށް ބުނެ މީސްމީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ.

އެމްްއޭސިއެލްގެ ޑީއެމްޑީ ދަންނަވައިގެން، އެމްޑީ ވެސް އެކަމާއި އެއްބަސްވެގެން، މުވައްޒަފުންނަށް މުސާރައިގެ އެއްބައި ޑޮލަރުން ދިނުން ހުއްޓާލަން އުޅޭކަމުގެ ވާހަކަ ހަސަން ކުރުސީގެ ނަމުގައި ކާކުކަންނޭނގޭގޮތަށް ހިންގާ އެކައުންޓަކުން ވަނީ ބުނެފައެވެ.

އެމްއޭސީއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުން ކުރަމުންދާ މަސައްކަތަށް ހުރަސްއެޅުމަށާއި، ކުންފުންޏާމެދު މުވައްޒަފުންގެ އިތުބާރު ގެއްލުވާލުމަށް ގަސްތުގައި ފަތުރަމުންދާ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

އެ ފަދަ އެއްވެސް ކަމެއް ކުރުމުގެ އެއްވެސް މަޝްވަރާއެއް އެއްވެސް އިރެއްގައި އެ ކުންފުނިން ކޮށްފައި ނުވާ ކަމާއި އެފަދަ ބަދަލެއް ގެނައުމުގެ އެއްވެސް ވިސްނުމެއް އެ ކުންފުނިން ނުގެންގުޅޭކަމަށް އެމްއޭސީއެލްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްއޭސީއެލްއިން އިތުރަށް ބުނެފައިވަނީ، ކުރިއަށް އޮތްތަނުގައިވެސް އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދެމުންއައި އުސޫލާއި ހަމަތަކުގެ މަތިން، އެއްވެސް ބަދަލެއް ނެތި، މުސާރައާއި އިނާޔަތްތައް ދެމުން ގެންދާނެ ކަމަށެވެ. އަދި އެ ކުންފުނީގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ ކުންފުނީގެ މުވައްޒަފުންކަމަށާއި، ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނީ މުވައްޒަފުންގެ ލާބައާއި މަންފާއަށްޓަކައި ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެމްއޭސީއެލްއިން އިލްތިމާސްކޮށްފައިވަނީ މިފަދަ ވާހަކަތައް ފަތުރާ ފަރާތްތަކުން އެފަދަ ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، ޒިންމާދާރުކަމާއެކު، ކަމުގެ އަސްލާ އެއްގޮތަށް އެ ފަރާތްތަކުގެ ވާހަކަތައް ބައްޓަންކުރުމަށެވެ. އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފަންވާނީ ކަންކަމުގެ ޙަގީގަތް ނުގެއްލޭ ގޮތަށް، ކަމުގެ ތެދު މަޢުލޫމާތާއެކުގައި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުވައްޒަފުންގެ މުސާރައަށް ބަދަލުގެންނަން އުޅޭ ކަމަށް ބުނެ މީސްމީޑިއާގައި ދައުރުކުރަމުން ދަނީ ދޮގު ވާހަކައެއް: އެމްއޭސީއެލްޚަބަރު | 11 ގަޑިއިރު ކުރިންއާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ވައިގެ ސަރަހައްދު ބަންދު ކުރަނީޚަބަރު | 11 ގަޑިއިރު ކުރިންވީއައިއޭގެ ޓްރެފިކް ފްލޯ އަށް ބަދަލްތަކެއް ގެނެސްފި ޚަބަރު | ދުވަހެއް ކުރިންމިހާރުގެ ބައިނަލްއަޤްވާމީ ޓާމިނަލް ޑޮމެސްޓިކް ޓާމިނަލަށް ބަދަލުކުރަނީ ޚަބަރު | 2 ދުވަސް ކުރިން