ކުޑަކުއްޖަކަށް އިހުމާލުވި މަންމައަކު ހޯދަނީ
އަޙްމަދު ޒަލީފް
20 ޖުލައި 2025 - 13:58

ކުޑަކުއްޖަކަށް އިހުމާލުވި މަންމައަކު ހޯދަން ދިވެހި ފުލުހުންގެ ހިދުމަތުން އިއުލާން ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހޯދަނީ ސ. ހިތަދޫ / އުޖާލާ، އާމިނަތު ޝިފްޒާ (40އ) އެވެ.
ކްރައިމްސް އެގެއިންސްޓް ޗިލްޑްރެން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާން ކުރާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
އެގޮތުން ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް، ޖުލައި 27 ވަނަ ދުވަހުގެ 14:00 އަށް ހާޒިރު ވުމަށް އެ އިދާރާއިން ވަނީ އަންގާފައެވެ.