logo
E-Platinum
ޚަބަރު

ރައްޔިތުން އެދުނުގޮތަށް ވެލިދޫ ބިންހިއްކާ ނިންމާލީ ރޮކެޓް ސްޕީޑްގައި

މުހައްމަދު މޫސާމުހައްމަދު މޫސާ
30 ޖުލައި 2025 - 11:44
ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ވެލިދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކާ ނިންމާލާފައި، ފޮޓޯ: ސޯޝަލް މީޑިއާ
ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ވެލިދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކާ ނިންމާލާފައި، ފޮޓޯ: ސޯޝަލް މީޑިއާ

ނ. ވެލިދޫގައި އިސްޓަސްޓްރިއަލް މަސައްކަތަށް ޚާއްޞަކޮށް ހިއްކައި ދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ބިން ހިއްކާ ނިންމާލައިފިއެވެ.

ރައީސް ވަނީ މި މަހުގެ 23 ވަނަ ދުވަހު ވެލިދޫ އަށް ވަޑައިގެންފައެވެ. އެދުވަހު އެރަށުގެ ރައްޔިތުންނާއި މުޚާތަބު ކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ފައިބަރު ދޯނި މަސައްކަތާއި، އަދި އެ ޒާތުގެ އެކިކަހަލަ އޮޑިދޯނިފަހަރާ ބެހޭ ކަންކަމަށް، ވަކިން ސަރަޙައްދެއް ހިއްކުމަކީ، އެމަނިކުފާނުރިޔާސީ އިންތިޚާބުގައި ވެވަޑައިގަތް ވަޢުދުފުޅެއްކަން ވަނީ ފާހަގަކުރަށްވާފައެވެ.

''މިއަދު އަޅުގަނޑުމެން އިރާދަކުރެއްވީތީ، ހަތަރު މަޝްރޫޢެއްގެ މަސައްކަތް މި ފެށީ. އޭގެތެރޭގައި، އަޅުގަނޑު ވަޢުދުވީ ބައެއް ކަންކަންވެސް ހިމެނޭ. ފައިބަރު ދޯނި މަސައްކަތާއި، އަދި މިހެންގޮސް އެ ޒާތުގެ އެކިކަހަލަ އޮޑިދޯނިފަހަރާ ބެހޭ ކަންކަމަށް، ވަކިން ސަރަޙައްދެއް ހިއްކުމަކީ، އަޅުގަނޑު ވީ ވަޢުދެއް ރިޔާސީ އިންތިޚާބުގައި. އިރާދަކުރެއްވީތީ މިއަދު އެ މަސައްކަތް ފެށިގެން އެދިޔައީ. އެކަން ނުހުއްޓި، މިތާ ޖައްރާފާ އޮވެގެން، ގެންގޮސް، ބާރު ސްޕީޑްގައި އިރާދަކުރެއްވިއްޔާ ނިންމާލައިދޭނަން މާލަސްތަކެއްނުވެ. އެހެންވީމާ، އެކަމުގައި، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން ބޭނުންވަނީ، މިއަދު މި ފެށުނު މަސައްކަތް އިރާދަކުރެއްވިއްޔާ، ހަމަ މާލަސްތަކެއްނުވެ، ހަމަ ބާރު ސްޕީޑްގައި ގޮސް، ނިންމައި ހަވާލުކުރާނަމޭ.'' ރައީސް އެދުވަހު ވެލިދޫ ރައްޔިތުންނަށް ވިދާޅުވެފަވެއެވެ.

އެއަށްފަހު ހަފުތާއެއް ވެސް ނުވަނީސް ވެލިދޫ ރައްޔިތުން އެދުނުގޮތަށް އެ މަސައްކަތް އެމަނިކުފާނު ވަނީ ނިންމަވައިދެއްވައި ވަޢުދުފުޅު ފުއްދަވާފައެވެ.

މިކަން ފާހަގަކޮށް މީސްމީޑިއާގައި ޚިޔާލުފާޅުކުރާ މީހުން ބުނަމުން އަންނަނީ ''ރައީސް ޑރ. މުޢިއްޒު ދާދިފަހުން ނ. ވެލިދޫއަށް ކުރެއްވި ރަސްމީ ދަތުރުގައި ރަށުގެ ރަށްޔިތުންނާއި ބައްދަލުކޮށް، ރަށްޔިތުން އެދިލެއްވި ގޮތަށް ނ. ވެލިދޫ ބިންހިއްކާ ނިންމާލީ ރޮކެޓް ސްޕީޑްގައި'' ކަމަށެވެ.

ހަގީގަތުގައި ވެސް މިއީ ހަމަ ރޮކެޓް ސްޕީޑްގެ ސަރުކާރެކެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ޚަބަރު | 16 ގަޑިއިރު ކުރިންޑްރަގް ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތަކެއް ކަނޑައަޅަނީޚަބަރު | 19 ގަޑިއިރު ކުރިންލަންކާގެ ރައީސް ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފިޚަބަރު | 20 ގަޑިއިރު ކުރިންފަސް މިލިޔަން ގަސް ޕްރޮގްރާމުގައި ސްރީލަންކާގެ ރައީސް ގަހެއް އިންދަވައިފިޚަބަރު | ދުވަހެއް ކުރިން