logo
ޚަބަރު

ދިވެހި ފުލުހުން ރެޔާ ދުވާލު ކުރާ ބުރަ މަސައްކަތަށް ރައީސްގެ ޝުކުރު

އާމިނަތު ޝަފާ
1 ސެޕްޓެމްބަރު 2025 - 05:17
ދިވެހި ފުލުހުން ރެޔާ ދުވާލު ކުރާ ބުރަ މަސައްކަތަށް ރައީސްގެ ޝުކުރު

ދިވެހި ފުލުހުން ރެޔާ ދުވާލު ކުރަމުންދާ ބުރަ މަސައްކަތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ޝުކުރު އަދާ ކުރައްވައިފިއެވެ.

ދިވެހި ފުލުހުންގެ ޙިދުމަތުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ ރައީސް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ،ވާޖިބު އަދާކުރުމުގައި ތެދުވެރިކަމާއި މުރާލިކަމާއެކު ދިވެހި ފުލުހުން ރެޔާއިދުވާލު ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުންގެ މަސައްކަތަށް ރައީސް ޝުކުރު އަދާކުރެއްވިއިރު، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ތަރުތީބުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާޑރ. މުޙައްމަދު މުއިއްޒު ވަރަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ މިފަހުން ވިދާޅުވެފައެވެ.

ފުލުހުންގެ ޙިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ސަރުކާރުން ނިންމަވާފައިވަނީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޙިދުމަތް ފެށުމަށެވެ. މި ލަނޑުދަނޑި ހާސިލްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ރާއްޖޭގެ ކޮންމެ ރަށަކީވެސް ފުލުހުންގެ ޙިދުމަތް ޤާއިމްވެފައިވާ ރަށެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މި އަހުރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ފުލުހުންގެ ޙިދުމަތް ޤާއިމްވެފައި ނެތް ކޮންމެ ރަށެއްގައި އެ ޙިދުމަތް ޤާއިމްކުރުމަކީ ވެސް ސަރުކާރުގެ އަމާޒެކެވެ.

ފާއިތުވި 21 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ޙިދުމަތަށް ދަނީ އެކި ބަދަލުތައް ގެނެސް، ޒަމާނާ އެއްގޮތަށް ޙިދުމަތްތަށް ފޯރުކޮށްދެމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިލެތްދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިޚަބަރު | 11 ގަޑިއިރު ކުރިންޗައިނާގެ ވިކްޓްރީ ޑޭ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފިޚަބަރު | 14 ގަޑިއިރު ކުރިންބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް 3 މީހަކު ހޯދަނީ ޚަބަރު | 14 ގަޑިއިރު ކުރިންތުޅާދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ފުލުހުން އަތުލައިގެންފިޚަބަރު | 15 ގަޑިއިރު ކުރިން