logo
E-Platinum
ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ސަމޯއާއަށް

އަޙްމަދު ޒަލީފް
20 އޮކްޓޯބަރު 2024 - 10:52
ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ސަމޯއާއަށް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ރަސްމީ ދަތުރުފުޅެއްގައި ސަމޯއާއަށް ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، އެމަނިކުފާނު ފުރާވަޑައިގެންނެވީ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ކަމަށެވެ. އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ގިނަ ދަންފަޅިތަކުގައި ބައިވެރިވެވަޑައިގެން، މުހިންމު ބަޔާންތައް އިއްވެވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަކީ، ބައިނަލްއަޤުވާމީ ފެންވަރެއްގައި އިޤްތިޞާދީ، މޫސުމީ އަދި ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެކުގައި މަސައްކަތްކޮށް، ވިލުންތެރިކަމާއި، ވިޔަފާރި ކުރިއެރުވުމާއި ދެމެހެއްޓެނިވި ކުރިމަގެއް ބިނާކުރަން މަޝްވަރާކޮށް ގޮތް ނިންމުމަށް، މެންބަރު ޤައުމަކަށް ލިބޭ މުހިންމު މަންސައެއްކަން ސަރުކާރުން ފާހަގަކުރައްވައެވެ.

މި އަހަރުގެ ބައްދަލުވުން ވެގެންދާނީ، އދގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ 29 ވަނަ މަހާސިންތާ (ކޮޕް 29)ގެ ކުރިން، ދެމެހެއްޓެނިވި ތަރައްޤީ އާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި ފިޔަވަޅުތަކާމެދު މަޝްވަރާކުރުމަށް މެންބަރު ޤައުމުތަކަށް ލިބޭ މުހިންމު ފުރުޞަތަކަށް ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.

މި އަހަރުގެ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 21 އިން 26 އަށެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަޢޫދީ ސަފީރު ނައިބު ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިޚަބަރު | 7 ދުވަސް ކުރިންއިންޑިއާ ސަފީރު, ނައިބު ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިޚަބަރު | 9 ދުވަސް ކުރިންނޮޅިވަރަންފަރުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތައް ނައިބު ރައީސާއި ހިއްސާކުރައްވައިފިޚަބަރު | 15 ދުވަސް ކުރިންނައިބު ރައީސް ސްޕެއިންއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެވަޑައިގެންފިޚަބަރު | 24 ދުވަސް ކުރިން