logo
E-Platinum
ޚަބަރު

ކިޔަވާ ކުދިންގެ ހިތްތަކުގައި ނޫސްވެރިކަމަށް އޮންނަ ލޯބި އިތުރަށް ވަރުގަދަ ކުރަންޖެހޭ-ނައިބު ރައީސް

އާމިނަތު އަނާތު ތަލްޢަތުއާމިނަތު އަނާތު ތަލްޢަތު
31 އޮކްޓޯބަރު 2024 - 04:07
"11 ވަނަ ނޫސްވެރިކަމުގެ އެވޯޑް” ޙަފްލާގައި ނައިބު ރައީސް ވާހަަކަފުޅު ދައްކަވަނީ-ފޮޓޯ/ރައީސް އޮފީސް
"11 ވަނަ ނޫސްވެރިކަމުގެ އެވޯޑް” ޙަފްލާގައި ނައިބު ރައީސް ވާހަަކަފުޅު ދައްކަވަނީ-ފޮޓޯ/ރައީސް އޮފީސް

ކިޔަވާ ކުދިންގެ ހިތްތަކުގައި ނޫސްވެރި ކަމަށް އޮންނަ ލޯބި އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ގެ ނައިބު  އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ބޭއްވި، "11 ވަނަ ނޫސްވެރިކަމުގެ އެވޯޑް” ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ މަދަރުސާތަކުންނާއި ކޮލެޖް ޔުނިވާސިޓީތަކުން ކިޔަވައިގެން ނިކުންނަ ކުދިންގެ ތެރެއިން އެ ޤާބިލްކަން ހުންނަ ދަރިންގެ ތެރެއިން ނޫސްވެރިން އުފެއްދުމަކީ މިއަދު ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ނޫސްވެރިން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ހުރިކަން ހަނދާންކުރަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން، ސައްޙަ މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ސަމާލުކަން ދިނުމަށާއި، ހައްސާސް ކަންކަމުގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ޚަބަރާއި މަޢުލޫމާތު ނުފެތުރުވުމަށް ހުރިހާ ނޫސްވެރިންނަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އިންސާނީ ކަރާމާތް ގެއްލޭގޮތަށް މީހުންގެ އަބުރާއި އިއްޒަތް ނަގާލުމަށް ދޮގު މަޢުލޫމަތު ޚަބަރު ނުފެތުރުވުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވާލައްވާފައެވެ.

މީގެއިތުރުން މީޑިއާތަކުން ފަތުރާ ޚަބަރުތަކާއި މަޢުލޫމާތަކީ ހުރިހާ ޢުުމުރަކާ ގުޅޭ އިޖްތިމާޢީ މިންގަނޑުތަކަށް ފެތޭ ތަކެއްޗެއް ހެދުމަކީ ކޮނެމެހެން ވެސް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ގެންގުޅެންޖެހޭ ހަމަތަކަާއި އުސޫލުތައް މީޒާންކޮށް ނުވަތަ ހަމަކޮށް ޒިންމާދާެރު ކަމާއި ތެދުވެރިކަމާއެކު ނޫސްވެރިންގެ ޒިންމާ އަދާކުރުމަށް ހުރިހާ ނޫސްވެރިންނަށް ނަސޭހަތްތެރިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަޢޫދީ ސަފީރު ނައިބު ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިޚަބަރު | 6 ދުވަސް ކުރިންއިންޑިއާ ސަފީރު, ނައިބު ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިޚަބަރު | 8 ދުވަސް ކުރިންނޮޅިވަރަންފަރުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތައް ނައިބު ރައީސާއި ހިއްސާކުރައްވައިފިޚަބަރު | 14 ދުވަސް ކުރިންނައިބު ރައީސް ސްޕެއިންއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެވަޑައިގެންފިޚަބަރު | 23 ދުވަސް ކުރިން