logoEN
ޚަބަރު

މާލެ-ވިލިމާލޭގެ މަގުތަކުގެ ހާލަތު ދެނެގަނެވިއްޖެ، ދެން އޮތީ ޑިޒައިން ކުރުން

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

23 ނޮވެމްބަރު 2024 - 13:39

މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ފީސިބިލިޓި ސްޓަޑީގެ މަސައްކަތް ނިންމާލައިފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ، ޗައިނާ ސަރުކާރުން އެ މަސައްކަތަށް ކަނޑައެޅި އެކްސްޕާޓް ޓީމުތަކާއި ކަމާ ގުޅުންހުރި ފަރާތްތަކާ އެކު މަޝްވަރާކޮށް، މާލެ އާއި ވިލިމާލޭގެ މަގުތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ނިންމާލާފައިވާ ކަމަށެވެ.

އަދި އެ ޓީމުން މާލެ އާއި ވިލިމާލެ މަގުތަކުގެ ވެސް ފީސިބިލިޓީ ޓެސްޓްގެ މަސައްކަތް މިނިސްޓްރީގެ ޓެކްނިކަލް ޓީމާ ގުޅިގެން ނިންމާލައިފައި ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder