ކޮމިޝަނަރ އޮފް ރިފޯމްގެ މަގާމަށް އަސްމާ

17 ޑިސެމްބަރު 2024 - 14:21
އިކޮނޮމިކް ރިފޯމް އޮފީހުގެ ކަމިޝަނަރ އޮފް ރިފޯމްގެ މަގާމަށް އަސްމާ ޝަފީއު އައްޔަނުކޮށްފިއެވެ.
ރިފޯމް ކޮމިޝަނަރުގެ މަޤާމަށް އަސްމާ ޝަފީޢު އައްޔަންކުރައްވާފައިވަނީ މާލީ ވުޒާރާއިންނެވެ.ރީފޯމް ކޮމިޝަނަރުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވާފައިވާއިރު ރީފޯމް އޮފީސް ޤާއިމްކުރުމުގެ މަޤްޞަދަކީ ދައުލަތު މާލީ ކަންކަން ހަރުދަނާ ކުރުމަށް، ޚަރަދުކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ގެންނަން ނިންމާފައިވާ އިސްލާހީ ބަދަލުތައް ތަންފީޒު ކުރުމުގެ މަސައްކަތް ކުރުމެވެ.ރީފޯމް ކޮމިޝަނަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިސްލާޙީ ބަދަލުތަކުގެ އިސްތިރާޖުތައް އެކުލަވާލުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި ފިސްކަލް ރިފޯމުތައް ކުރިއަށްދާ ގޮތުގެ ރިޕޯޓުތައް އެކުލަވާލައި އެކަމާ ގުޅޭ ފްރޭމްވޯކްތައް އެކުލަވާ ރޭވުމުގެ މަސައްކަތް ހިމެނެއެވެ. ރިފޯމް ކޮމިޝަނަރ ޖަވާބުދާރީވާނީ މާލީ ވަޒީރަށެވެ.