ސަލާޙު ކްރިސްމަސް ފާހަގަކުރާތީ ގިނަބަޔަކު ފާޑުކިޔަނީ
ކްރިސްމަސް ފާހަގކުރަން ސަލާޙު ކޮށްފައިއިން ޕޯސްޓް. ފޮޓޯ: އިންސްޓަރގްރާމް
26 ޑިސެމްބަރު 2024 - 08:48
ލިވަރޕޫލްގެ ކުޅުންތެރިޔާ މުޙައްމަދު ސަލާޙް އޭނާގެ އިންސްޓަގްރާމް ޕްރޮފައިލްގައި ޝާއިޢުކުރި ފޮޓޯއަކާ ގުޅިގެން މުސްލިމް މުޖުތަމަޢުގެ ފާޑުކިޔުންތަކާ ކުރިމަތިލާންޖެހިއްޖެއެވެ. މިސުރުގެ ކުޅުންތެރިޔާ ޝާއިޢުކުރި ފޮޓޯގައި ވަނީ ކްރިސްމަސް ޓްރީއެއްގެ ކުރިމަތީގައި އޭނާގެ އާއިލާއާއެކު ތިބެ، އޭނާގެ ފޮލޯވަރުންނަށް ހެޔޮއެދުންތައް ފޮނުވާފައެވެ.
ސަލާޙު މުސްލިމެއްގެ ގޮތުގައި ހުރެ، ޣައިރު ދީންތަކުގެ މުނާސަބަތުތައް ފާހަގަކުރުމާއި ދެކޮޅަށް ގިނަ އަދަދެއްގެ ބަޔަކު ދީނީ ގޮތުން އޭނާއާއި ދެކޮޅަށް ކޮމެންޓުކޮށްފައިވެއެވެ. ގިނަބަޔަކު ޤަބޫކުކުރާގޮ
ނަމަވެސް މިފާޑުކިޔުންތަކަށް ބެލުމެއް ނެތި ކޮންމެ އަހަރަކުވެސް ސަލާޙު އަންނަނީ ކްރިސްމަސް ފާހަގަކުރާ ފޮޓޯ ހިއްސާކުރަމުންނެވެ.
ލިވަރޕޫލް މިވަގުތު ވަނީ ލީގުގެ އެންމެ މަތީގައެވެ. އަދި މުޙައްމަދު ސަލާޙަކީ ލިވަރޕޫލްގެ މި ސީޒަނުގެ އެންމެ މުހިންމު އެއް ކުލުންތެރިޔާއެވެ.