logoEN
ދުނިޔެ

ދުނިޔޭގެ އެންމެ ގިނަ ދުވަސް ވީ މީހާ މަރުވެއްޖެ

ދުނިޔޭގެ އެންމެ ދުވަސްވީ މީހާކަމަށްވާ ތޮމިކޯ އިތޫކާ

ދުނިޔޭގެ އެންމެ ދުވަސްވީ މީހާކަމަށްވާ ތޮމިކޯ އިތޫކާ

116 އަހަރުގެ ދިގު ޙަޔާތަކަށް ފަހު ދުނިޔޭގެ އެންމެ ދުވަސްވީ މީހާ މަރުވެއްޖެ.

ގިނިސް ވޯލްޑު ރެކޯޑުން ދުނިޔޭގެ އެންމެ ދުވަސްވީ މީހާކަމަށް ކަނޑައަޅާފައި ވަނީ ޖަޕާނުގެ ރައްޔިތެއް ކަމަށްވާ ތޮމިކޯ އިތޫކާއެވެ. އޭނާ މަރުވެފައި ވަނީ ޑިސެމްބަރު މަހުގެ 29ވަނަ ދުވަހު ޖަޕާނުގެ މެދުތެރޭގެ ރަށެއް ކަމުގައިވާ އާޝިޔާގައި ހުންނަ މުސްކުޅިން ބަލަހައްޓާ މަރުކަޒެއްގައެވެ.

ދުނިޔޭގެ އެންމެ ދުވަސްވީ މީހާއަށް އޭނާ ވެގެން ދިޔައީ ސްޕެއިންގެ މާރިއާ ބްރަނިއާސް މޮރެރާ އުމުރުން 117 އަހަރުގައި 2024 ވަނަ އަހަރުގެ އޮގަސްޓް މަހު މަރުވުމުންނެވެ.

އިޓޫކާ އުފަންވީ 1908 ވަނަ އަހަރުގެ މެއި މަހުއެވެ. އެއީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ހަ އަހަރު ކުރިއެވެ. އަދި އެ އަހަރަކީ އެމެރިކާގައި ފޯޑް މޮޑެލްގެ ޓީ ކާރު ނެރުނު އަހަރެވެ.

ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ގޮތުގައި 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އީޓޫކާއަށް ވަނީ ޖަޕާނުގެ އުމުރުން ދުވަސްވީ މީހުންނަށް ދޭ ޝަރަފުވެރިކަން ދިނުމަށް ކޮންމެ އަހަރަކު ފާހަގަކުރާ "ރެސްޕެކްޓް ފޯ ދަ އޭޖެޑް ޑޭ" ގައި ރަސްމީކޮށް ދުނިޔޭގެ ރެކޯޑު ފޮތުގެ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

އިތޫކާ މަރުވުމާ ގުޅިގެން މިހާރު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހަކީ އޭނާއަށް ވުރެ 16 ދުވަސް ފަހުން އުފަންވި ބުރެޒިލްގެ އިނާ ކަނަބަރޯ ލޫކަސް ކަމަށް ޖެރޮންޓޮލޮޖީ ރިސާޗު ގުރޫޕުން ވަނީ ބުނެފައެވެ.ޖަޕާނުގެ އަންހެނުންނަކީ ޢާންމު ގޮތެއްގައި ވަރަށް ޢުމުރު ދިގު ބައެކެވެ. އެ ޤައުމުގެ ދުވަސްވީ މީހުންގެ އާބާދީ އިތުރުވުމުގެ ސަބަބުން ޞިއްޙީ ފަރުވާއަށާއި ވެލްފެއާއަށް ކުރަން ޖެހޭ ޚަރަދު ދަނީ ބޮޑުތަނުން އިތުރުވަމުންނެވެ. ނަމަވެސް ދުވަސްވީ މީހުންގެ ނިޞްބަތަށްވުރެ ޒުވާން މަސައްކަތްތެރިންގެ ޢަދަދު މަދުވުމުން އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރުކޮށް ދުވަސްވީ މީހުންގެ ބޭސްފަރުވާއާއި ވެލްފެއާއަށް ދައުލަތުން ޚަރަދު ކުރުމަށް އެ ޤައުމުން ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder