19 ޖެނުއަރީ 2025 - 03:21
މުޅިން އާވައްތަރެއްގެ މަހެއް ރާއްޖެއިން ފެނިފައިވާކަމަށް މެރީން ޖާނަލް ޖާނަލް މޯލްޑިވްސްއިން ބުނެފިއެވެ.
100 މީޓަރާއި 125 މީޓަރު ދެމެދު ފެނުނު މި މަހަށް ސައިންސްވެރިން ދީފައިވާ ނަމަކީ ''ރަކި ބުރެކި'' އެވެ.
މި މަސް ފެނުނީ ބޭރުގެ ސައިންސިސްޓުންނާއި ރާއްޖޭގެ މެރީން ރިސާޗު ސެންޓަރު ގުޅިގެން ކުރި ކަނޑުފަޅުގެ ދިރާސާއެއްގެ ތެރެއިންނެވެ.
މި މަހަށް ނަން ދެވުނީ މި މަސް ޑައިވަރުން ފެންނައިރަށް ވަރަށް އަވަހަށް ފިލާތީ، އެކަމަށް ނިސްބަތްކޮށްކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.
މި ދިރާސާގެ ތެރެއިން އަރި އަތޮޅު އުތުރު ބުރިން ފެށިގެން ނިލަންދެއަތޮޅު ދެކުނު ބުރީގައި ހިމެނޭ ފަރުތަކުން މި މަސް ފެނިފައި ވެއެވެ.
މި މަސް ދެ އިންޗި ނުވަތަ ތިން އިންޗިއަށް ބޮޑުވާ ކަމަށް ސައިންސްވެރިން ބުނެފައިވެ އެވެ.
ސައިންސްވެރިން ބުނެފައިވާ ގޮތުގައި މިއީ ހަމައެކަނި ރާއްޖެއިން ފެނިފައިވާ މަހެކެވެ.