logoEN
ޚަބަރު

މަކުނުދޫ ބިން ހިއްކައިފި، ދެން އޮތީ ހިއްކި ސަރަހައްދު ޙިމާޔަތް ކުރުން

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

19 ޖެނުއަރީ 2025 - 14:16

މަކުނުދޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާ، ހިއްކި ސަރަހައްދު ޙިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެގޮތުން، މަކުނުދޫ އެއަރޕޯޓު ތަރައްޤީކުރުމަށް 43.12 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ.

އަދި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 3493 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ. ބިގް ފިޝް މޯލްޑިވްސްއާއި މިމަސައްކަތް ޙަވާލުކޮށްފައިވަނީ 16 މިލިޔަން ޑޮލަރަށެވެ.

މަކުނުދޫ އެއާރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ބިގް ފިޝް މޯލްޑިވްސްއާއެވެ. 2023 ވަނަ އަހަރު މި މަސައްކަތް ހަވާލުކޮށްފައިވަނީ އަހަރެއްގެ ތެރޭގައި ނިންމާ ގޮތަށެވެ.

މަކުނުދޫ އެއަރޕޯޓް ތަރައްޤިކުރުމަށް ހަމަޖެހިފައިއޮތީ 1500 މީޓަރުގެ ރަންވޭއަކާއެކުނަމަވެސް ރަށުގެ ރައްޔިތުންގެ އެދުމާއެކު ރަންވޭ އިތުރަށް ބޮޑުކުރައްވާ 1800 މީޓަރުގެ ރަންވޭއެއް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ މިދިޔަ އަހަރު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވިދާޅުވެފައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder