އެމްއެސްއެސް ތަރައްގީކޮށްގެން ބޭރުފައިސާ ގެނެވޭނެ: އެމްޑީ ޝަރީފް

މޯލްޑިވްސް ސްޓޭޓް ސިޕިން ކޮންޕަނީގެ ބޯޓެއް

14 ފެބްރުއަރީ 2025 - 12:25
މޯލްޑިވްސް ސްޓޭޓް ޝިޕިން- އެމްއެސްއެސްގެ ސިނާއަތު އިތުރަށް ތަރައްގީކޮށްގެން ބޭރުފައިސާ ގެނެވޭނެކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިފަދައިން ވިދާޅުވީ މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމްގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.
ބޭރުފައިސާ ހޯދުމުގެ ވަސީލަތެއްގެ ގޮތުގައި ތަރައްގީކޮށްގެން މި ސިނާއަތަކީ އެތައްބައިވަރު ޑޮލަރެއް އިގްތިސާދަށް ގެނެވޭނެ ސިނާއަތެއްގޮތުގައި ޝަރީފު ފާހަގަކުރެއްވިއެވެ.
ޤައުމީ ލެވެލް އެއްގައި އިންވެސްޓުކުރުން އެއީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ޤަބޫލުކުރަން . އިންވެސްޓްކޮށްގެން ބޭރުގެ މަންޒިލް ތަކުގަ އަޅުގަނޑުމެންގެ ބޯޓުތައް ދުއްވައިގެން އަޅުގަނޑުމެނަށް އޭގެ ނަފާވެރިކަން ގެނެވޭނެ.
ސަރުކާރުން މަސްވެރިކަން ތަރައްގީކުރަން ކުރާ މަސައްކަތުގައި ކުންފުނިން އެހީތެރިވަމުން އަންނަކަން ކުންފުނިން ފާހަގަކުރެއެވެ.
ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑީއެމްޑީ އަހުމަދު ޒުބައިރު ވަނީ ދިވެހިންގެ އުފެއްދުންތެރިކަން ބޭރަށް އެކްސްޕޯޓުކޮށްދިނުމުގައި އެމްއެސްއެސް އޮންނާނެކަމަށް ވިދާޅުވެފައެވެ.
އެހެންވީމަ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރު ވާ ވަރަކަށް އެކްސްޕޯޓު ކުރަންވީ އަދި ކޮންމެ ބަޔަކަސް އެމްއެސްއެސްގެ ފަރާތުން އެންމެ ރަގަނޅު ގޮތަކަށް ކޮށްދޭނެ
ކުރީގެ ޝިޕން ކުންފުނި- މޯލްޑިވްސް ނޭޝާނަލް ޝިޕިން ލިމިޓެޑް އުވިދިޔަ ފަހުން މީހުން އުފެއްދުމުގެ ބައި ވަރަށް ބޮޑަށް ދަށައް ގޮސްފައިވާކަމަށާއި އަދި އެކަމުގެ ނަތީޖާ އަކީ އެމްއެސްއެސް އަށް ވެސް ބޭނުންވާ ވަރަށް ރަގަޅު ދިވެހިން ނުލިބުންކަން ޑީއެމްޑީގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން އެ ކުންފުނީގެ ފަރާތުން ދިވެހީން ތަމްރީނު ކުރުމަށް ޓަކައި ތަމްރީނު ޕްރޮގްރާމު ތަކެއް މިހާރު ކުރިއަށް ގެންދާކަމަށް ޑީއެމްޑީ ވިދާޅުވިއެވެ.
ކުންފުންޏަކީ ސަތޭކަ އިންސައްތަ ދިވެހީން މަސައްކަތްކުރާތަނަކަށް ހެދުމަށް މަސައްކަތްކުރަމުން އަންނަކަމަށް އެމްއެސްއެސްއިން މައުލޫމާތުދެއެވެ.