ދިވެހިންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދޭތީ އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު


13 މޭ 2025 - 13:49
އޮސްޓްރޭލިއާގެ މިނިސްޓްރ ފޮރ ފޮރިން އެފެއާޒްގ ޕެނީ ވޮންގް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.
އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރުގެ މަޤާމަށް ކަމަނާ އަލުން ޢައްޔަނުކުރެއްވުމާ ގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނާ އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ތަހުނިޔާ އާއި މުބާރިކުބާދީ އަރިސްކުރަމެވެ.
އޮސްޓްރޭލިއާ އަކީ ފާއިތުވެގެންދިޔަ އަހަރުތަކުގައި ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގައި މުހިންމު ބައިވެރިއެކެވެ. ވަކިން ޚާއްސަކޮށް ދިވެހިންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގައި އޮސްޓްރޭލިއާ އިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރަމެވެ.
އަދި އަޅުގަނޑުގެ އުންމީދަކީ ކުރިއަށް އޮތް އަހަރުތަކުގައިވެސް ދިވެހިރާއްޖެ އާއި އޮސްޓްރޭލިއާ އާ ދެމެދު އޮތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމު ގުޅިގެން އިތުރު ދާއިރާތަކުން ކުރެވިދާނެ މަސައްކަތްތައް ދެނެގަތުމަށް ކަމަނާ އާ ގުޅިގެން ގާތުން މަސައްކަތްތައް ކުރިއަށް ގެންދިޔުމެވެ.
އަޅުގަނޑު ކަމަނާ އަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."