logoEN
ޚަބަރު

އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ވާލާއި ކާޅުގެ އަދަދު ބެލުން - އީޕީއޭ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

18 މޭ 2025 - 16:14

ވާލާއޮ ކާޅުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ހައްލު ކުރުމުގެ ކުރިން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެތަކެތީގެ އަދަދު ދެނެގަތުން ކަމަށް އެންވަޔަރމަންޓް ޕްރޮޓެކްޝަން އެޖެންސީ(އީޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އިޕީއޭއިން މިގޮތަށް ވިދާޅުވީ ވާލާއި ކާޅު ފަދަ ދިރޭތަކެތީގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކަށް ހައްލު ހޯދަވައިދެއްވުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން އެއޭޖެންސީއާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައެވެ.ރާއްޖޭގެ ދަނޑުވެރިންނަށް ވާލާއި ކާޅުފަދަ ދިރޭތަކެތީގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ހައްލު ހޯދުމަށް، އީޕީއޭއާ އެކު ބޭއްވި ބައްދަލުވުމުގައި، އެފަދަ މައްސަލަތައް ހައްލުކުރެވިދާނެ ގޮތްތަކާއި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެެ.

މިބައްދަލުވުމުގައި އިޕީއޭއިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ވާލާއި ކާޅުފަދަ ދިރޭތަކެތީގެ ސަބަބުން އުނދަގޫތައް ފޯރާނަމަ ފަހުކަމެއްގެ ގޮތުން މަދުކުރުމަށް ވިސްނިދާނެކަމަށް އެއޭޖެންސީން ވިދާޅުވިއެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވާލާއި ކާޅު ގިނަވެ، އެހެން ދޫނިސޫފާ ސޫފާސޫފިތަކާއި ދަނޑު ބިންތަނުގައި ހައްދާތަކެއްޗަށް ގެއްލުންވާކަމުގެ ކަންބޮޑުވުންތައް ދަނީ އެކިފަރާތްތަކުން ފާޅުކުރަމުންނެވެ. އަދި މިކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ އަމަލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ގެންދަވަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް

871x217_placeholder