އެމެރިކާގެ ކުރީގެ ރައީސް ބައިޑެން އަށް ކެންސަރު ޖެހިއްޖެ


19 މޭ 2025 - 12:36
އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށް ކެންސަރުގެ ބާވަތެއް ޖެހި، އެ ބަލި ކަށިތަކަށް ފެތުރިފައިވާ ކަމަށް އޭނާގެ އޮފީހުން ބުނެފިއެވެ.
ބައިޑެންގެ ކެންސަރުގެ ޚަބަރު މި ފެތުރެނީ 2024 ގައި އަލުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ނިންމުމާމެދު އިތުރު ސުވާލުތައް އުފެދެމުންދާ ދަނޑިވަޅެއްގައެވެ.
82 އަހަރުގެ ބައިޑެންއަށް ބަލި ދެނެގަނެވުނީ ހުކުރު ދުވަހު، ޑޮކްޓަރުން ހެދި ބައިޑެންގެ ޕްރޮސްޓޭޓްގެ ޓެސްޓްތަކުން އޭނާގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ކުރީގެ ރައީސް ބަލި ދެނެގަތުމަށް ގެންދެވުނީ "ކުޑަކަމުދާ އިރު ދިމާވާ ދަތިތައް އިތުރުވަމުން" ދިޔުމާ ގުޅިގެން ޑޮކްޓަރަށް ދެއްކުމުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
"މިއީ މި ބަލީގެ އެގްރެސިވް ބާވަތެއް ކަމުގައި ވީނަމަވެސް، މި ކެންސަރަކީ ހޯމޯން އަށް އަސަރުކުރާ ބާވަތެއް ކަމަށްވާތީ، ފަރުވާ ކުރުމަށް ފަސޭހަވާނެ" ކަމަށް އޭނާގެ އޮފީހުން ބުނެފައިވެއެވެ.
ބައިޑަންގެ ސިއްހީ ހާލަތައް އެންމެ ވަރުގަދައަށް ފާޑުކިޔާފައިވާ ރައީސް ޓްރަމްޕް ވަނީ ބައިޑެންއަށް ކެންސަރު ޖެހިފައިވާކަން ހާމަކުރުމާއިއެކު ސޯޝަލް މީޑިއާގައި ހެޔޮއެދުމުގެ މެސެޖެއް ޕޯސްޓް ކޮށްފައެވެ. ޓްރަމްޕް ވިދާޅުވީ މި ޚަބަރުން ހިތާމަކުރާ ކަމަށާއި، އޭނާއާއި ފަސްޓް ލޭޑީ ޖޯއަށް އަވަސް އަދި ކާމިޔާބު ރިކަވަރީއަކަށް އެދޭކަމަށެވެ.
ކުރީގެ ނައިބު ރައީސް ކަމަލާ ވިދާޅުވީ އޭނާއާއި އޭނާގެ އާއިލާ ބައިޑަންއަށް ހެޔޮ ދުއާތައް ފޮނުވާ ކަމަށެވެ. "ޖޯގެ ދިރިއުޅުމާއި ލީޑަރޝިޕް އަބަދުވެސް މާނަކޮށްދީފައިވާ އެއް ބާރާއި، ކެރުންތެރިކަމާއި، އޮޕްޓިމިޒަމްއާއެކު މި ގޮންޖެހުމާ ކުރިމަތިލާނެކަން އަހަރެންނަށް ޔަގީން،" ކަމަލާ ވިދާޅުވިއެވެ.