logo
E-Platinum
ޚަބަރު

50 މޭލަށް ވައިގަދަވާނެ، ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރޭ

އަޙްމަދު ޒަލީފް
29 ޖުލައި 2025 - 16:46
50 މޭލަށް ވައިގަދަވާނެ، ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރޭ

ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ މޫސުން ގޯސްވެ، ވިއްސާރަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވާތީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި އަދި ރޭގަނޑު ދަތުރުތައް ނުކުރުމަށާއި، މޫސުން ތަންނުދޭނަމަ، މޫސުން ރަނގަޅުވަންދެން ދަތުރުތައް ފަސްކުރުމަށްވެސް އެމްއެންޑީއެފުން އެދިފަައިވެއެވެ.

އަދި ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވާ ވަގުތުތަކުގައި އެއްވެސް ހާލެއްގައި ދަތުރު ނުކުރުމަށްވެސް އަންގާފައިވެއެވެ.

މިރޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓުން ބުނެފައިވަނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުން ބާރުގަދަވެފައިވާކަމަށާއި ވިލާގަނޑުގައި ވައި 50 މޭލުގެ ބާރުމިނުގައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ހާމަކޮށްފައިވެއެވެ.

 


Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

50 މޭލަށް ވައިގަދަވާނެ، ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރޭޚަބަރު | ދުވަހެއް ކުރިން