logo
Bank of Maldives

Bank of Maldives

ވިޔަފާރި

ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ފައިދާގެ ގޮތުގައި 574 މިލިޔަން ރުފިޔާ

މުހައްމަދު މޫސާމުހައްމަދު މޫސާ
31 ޖުލައި 2025 - 01:47
ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ފައިދާގެ ގޮތުގައި 574 މިލިޔަން ރުފިޔާ

އެސްޓީއޯގެ މިއަހަރުގެ ދެވަނަ ކުއާޓަރގެ ހިސާބުތަކުން ދައްކާގޮތުން، ކުންފުންޏަށް ފައިދާގެ ގޮތުގައި 574 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެސްޓީއޯގެ ދެވަނަ ކުއާޓަރގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، ޖުމްލަ އާމްދަނީގެ ގޮތުގައި 3.6 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 12 އިންސައްތައިގެ ދަށްވުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެސްޓީއޯއިން ބުނެފައިވާ ގޮތުގައި، ޖުމްލަ އާމްދަނީ ދަށްވެފައިވަނީ ތެލުގެ އަގުތަކަށް ގެނެވުނު ބަދަލާއި، މި ކުއާޓަރގައި ތެލުގެ ޑިމާންޑް ދަށްވުމާ ގުޅިގެންނެވެ.

އެހެންނަމަވެސް، ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު ޖުމްލަ އާމްދަނީ ވަނީ އިތުރުވެފައެވެ. ނަމަވެސް ކުންފުނީގެ ޖުމްލަ ފައިދާ ދަށްވުމާއި، ހިންގުމުގެ ޚަރަދު އިތުރުވުމާ ގުޅިގެން، ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 236 މިލިޔަން ރުފިޔާއެވެ. މިއީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 11 އިންސައްތައިގެ ދަށްވުމެކެވެ.

ޓެކުހަށް ކެނޑުމަށްފަހު، އެސްޓީއޯއަށް މިއަހަރުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 163.2 މިލިޔަން ރުފިޔާއެވެ. އެއީ ފުރަތަމަ ކުއާޓަރުގައި ލިބުނު 168.7 މިލިޔަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެސްޓީއޯއިން އެލްޖީ ބްރޭންޑުގެ ޓީވީތައް ތައާރަފްކޮށް ވިއްކަން ފަށައިފި ޚަބަރު | މަހެއް ކުރިންމާލޭގެ ބާޒާރުގައި އޮރެންޖުގެ އަގު ދަށަށް ގޮސްފިޚަބަރު | 2 މަސް ކުރިންެއެސްޓީއޯގެ އެންމެ ފިނި ހިޓާޗީ ޑީލް ޕްރޮމޯޝަން ފަށައިފިޚަބަރު | 2 މަސް ކުރިން ޑެވޮންޑޭލަށް ޚާއްސަކޮށް، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިވިޔަފާރި | 2 މަސް ކުރިން